ގައުމީ މަޖިލިސް ގަބޫލުނަމަ، ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން ވެސް ތައްޔާރު

އެމްޑީޕީގެ ގައުމީ މަޖިލިސް ގަބޫލުނަމަ، ޕާޓީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރައްވަން ގަފޫރު ހުށަހެޅުއްވީ އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ އެތެރޭގައި މަސްލަހަތު ހިފެހެއްޓުމަށާއި މިވަގުތު އޮތް މާލީ ދަތިކަމުންނެވެ. ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އޭނާ ވިދާޅުވީ އިންތިހާބު ފަސްކުރުމަށް ފަހު "އިންޓެރިމް އެރޭންޖްމަންޓެއް" ހަމަޖައްސަން ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.ގަފޫރު އެހެން ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ "މިވަގުތު ޕާޓީ ހިންގަން ނަގާފައިވާ އިސް ލީޑަރުންނާއި ގައުމީ މަޖިލިސް އެދޭ ނަމަ ރިޔާސީ ޕްރައިމަރީއާ ހިސާބަށް ވަގުތީ ޗެއާޕާސަން ކަމާ ރައީސް ނަޝީދު ހަވާލުވާން ފެންނަ" ކަމަށެވެ.އެ ހިޔާލަށް ތާއީދުކުރައްވާ އެ ގްރޫޕުގައި ރައީސް ނަޝީދު ވަނީ ގައުމީ މަޖިލީހުން ގަބޫލުވާނަމަ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ."ޖީއެމް ގަބޫލުނަމަ، ވަގުތީ ޗެއާކަން ކުރުމަށް އަޅުގަނޑުގެ އިއުތިރާޒެއް ނެތް،" ރާއީއަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވި އެވެ. ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި ނަޝީދެވެ. މީގެ ކުރިން އެ މަގާމަށް ވާދަކުރައްވާނެކަން ހަމަކުރެއްވި އަލްހާން ފަހުމީ މިހާރު ވަނީ ވާދަނުކުރައްވާނެކަން ހާމަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ