ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކެނެޑާ މުބާރާތުގެ ގަދަ 16 ބުރަށް ދަތުރުކޮށްފިއެވެ.
ކެނެޑާއަށް ގަދަ 16 ކަށަވަރުވީ ވޯލްޑް ކަޕް 2026 ގައި މިރޭ ކުޅުނު ފޯރިގަދަ ގަދަ 32 ގެ މެޗުގެ ފަހު ވަގުތު ޖެހި ގޯލާއެކު ސައުތު އެފްރިކާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މެޗު ފެށުނީއްސުރެ ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. ކެނެޑާގެ ޓީމުން މެޗުގެ ކޮންޓްރޯލް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ސައުތު އެފްރިކާގެ ޑިފެންސްލައިން ފޫއަޅުވާލުންވީ އުނދަގޫ ކަމަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ކެނެޑާގެ ކުޅުން އިތުރަށް ވަރުގަދަކޮށް، ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެޗު ނިމެން ދަނިކޮށް، ކެނެޑާއަށް ލިބުނު ހުސް ފުރުސަތެއްގެ ބޭނުން ހިފައި، ޓީމުގެ ފޯވަޑް ވަނީ ތާރީހީ ގޯލު ކާމިޔާބުކޮށްދީފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކެނެޑާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސްޓެފަން ޔުސްތާކިއޯއެވެ.
މި މެޗަށް ކެނެޑާއާ ދެކޮޅަށް ނުކުތް ސައުތު އެފްރިކާއަށް ވެސް މިއީ ތާރީހީ މެޗެކެވެ. މިއީ ސައުތު އެފްރިކާ ވެސް ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ތާރީހީ މެޗުގައި ފަހުވަގުތު ހޯދި މޮޅާއެކު ކެނެޑާ ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ