ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - އިތުރު ވަގުތުގެ ތެރޭގައި ސްޓެފަން އިސްޓަކިއޯ ޖެހި ގޯލުން 1-0 އިން ދެކުނު އެފްރިކާ ބަލިކޮށް ކެނަޑާ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާާރާތުގެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، ވޯލްޑް ކަޕެއްގައި ޕޮއިންޓެއް ވެސް ލިބިފައިނެތް، ކެނަޑާ އިން ނޮކައުޓް ބުރަށް ދަތުރުކުރީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެހެންވެ، އެ ޓީމު ވެސް ގުޅިގެން ހޯސްޓްކުރާ މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުން ގަދަ 32 ޓީމުގެ ބުރުގެ މެޗު ކުޅެން ޖެހުނީ، އެމެރިކާގަ އެވެ.
ކެނަޑާ އިން މި ފަހަރުގެ ވޯލްޑް ކަޕް ފެށި މެޗުގައި ބޮސްނިއާއާ 1-1 އިން އެއްވަރުކުރިިއިރު ދެ ވަނަ މެޗުގައި 6-0 އިން ގަތަރު ބަލިކޮށް، ކެނަޑާގެ ތާރީހުގައި ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދައިފަ އެެވެ. އެކަަމަކު، ގްރޫޕްގެ ފަހު މެޗުން ސްވިޒަލެންޑް އަތުން 2-1 އިން ބަލިވެ، ކެނަޑާ އަށް އަމިއްލަ ގައުމުގައި ނޮކައުޓް މެޗު ކުޅުމުގެ ފުުރުސަތު ގެއްލުނީ ގްރޫޕްގެ ދެ ވަނަ އަށް ދިއުމުންނެެވެ.
ދެކުނު އެފްެރިކާއާ ދެކޮޅަށް ކެނަޑާ އިން ކުޅުނު މެޗުގެ 90 މިނިޓާ ހަމައަށް ގޯލެއް ނުފެނި އޮތް މެޗުގައި، ކެނަޑާގެ ހަމައެކަނި ލަނޑު ޖެހީ އިސްޓަކިއޯ އެވެ. އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތެއްގައި އިސްޓަކިއޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަަނަށެވެ. މި މެޗު ފެށިއިރު، ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔައީ އިސްޓަކިއޯ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި އަލްފަންސޯ ޑޭވިސް ކުޅެން އެރުމާ އެކު، އޭނާއާ ކެޕްޓަން ބޭންޑް ހަވާލުކުރީ އެވެ.
ތަފްސީލް އަންނަނީ....
ދެކުނު އެފްރިކާ ބަލިކޮށް ގަދަ 16 ގެ ފުރަތަމަ ޖާގަ ކެނަޑާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ