އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރުމާ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒު އިސްމާއިލް ވެސް ދެކޮޅު ހައްދަވައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާއްވަން އެ ޕާޓީން އިއުލާންކޮށްފައިވާ ތާރީހަކީ އަންނަ 12 ޖޫން އެވެ. ނަމަވެސް ގައުމީ މަޖިލީހުން ފާސްކޮށްގެން އެ އިންތިހާބު ފަސްކުރުމަށް އެ މަގާމާ ވަގުތީގޮތުން ހަވާލުވެގެން ހުންނެވި އަބްދުލްގަފޫރު މޫސާ މިރޭ ވަނީ އެދިވަޑައިގެންފަ އެވެ.
ތަފްސީލް - އިންތިހާބު ފަސްކުރުމަށް ތާއީދުނުކުރައްވާކަން ހާމަކުރައްވަމުން ފައްޔާޒު އެކްސްގައި ވިދާޅުވީ، އިންތިހާބު ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަަމަށާއި އަވަސްކުރަންވީ ކަމަށެވެ.
"އިންތހާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފައިސާ ވެސް ހޯދޭނެ. އިންތިހާބު އަވަސްކުރަންވީ،" ފައްޔާޒު ވިދާޅުވި އެވެ.
އެނގުން މުހިއްމު - ޗެއާޕާސަން އިންތިހާބުގައި ފައްޔާޒު ތާއީދުކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ.
އެ އިންތިހާބު ފަސްކުރަން، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމް ވެސް ވަނީ ދެކޮޅު ހައްދަވާފަ އެވެ.
އެނގުން މުހިންމު - ޗެއާޕާސަން އިންތިހާބުގެ އިތުރުން ދާއިރާތަކުގެ އިންތިހާބު ވެސް ފަސްކުރުމަށް ގަފޫރު އެދިވަޑައިގެންނެވި އެވެ. އެގޮތަށް އެދިވަޑައިގަތް ސަބަބަަކަށް ގަފޫރު ވިދާޅުވީ:
މި ދެ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ
މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައިނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް ނެތުމުން
ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ ގަފޫރު އެދިވަޑައިގެންނެވީ، ލީޑާޝިޕުގައި މަޝްވަރާކުރުމަށް ފަހު، ގައުމީ މަޖިލީހަށް ހުށަހަޅައިގެން އެކަމާ މެދު ގޮތެއް ނިންމުމަށެވެ.
ޗެއާޕާސަން އިންތިހާބު ފަސްކުރަންޖެހޭ ސަބަބެއް ނެތް: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ