ޕެންޝަން ސުކީމްގައި ބައިވެރިވެ ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 104 ކުންފުއްޏެއްގެ ނަން ޕެންޝަން އޮފީހުން އާންމުކޮށްފި އެވެ.
ޕެންޝަން އޮފީހުން އާންމުކޮށްފައިވާ ނަންތަކުގެ ތެރޭގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެމްވީކޭ އާއި ނަޝީ ކޭކުސް އާއި ސުކައި ޓުއާސް ހޮލިޑޭސް ޕްރައިިވެޓް ލިމިޓެޑްގެ އިތުރުން ނަޖާހް އާޓްޕެލަސް އާއި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން އާއި ރެސޮނަންސް ޓުރޭޑިންގެ އިތުރުން ސެކިއުރާ ޕުރައިވެޓް ލިމިޓެޑް ހިމެނެ އެވެ. އޭގެ އިތުރުން ޒީ ސެލޫން އާއި ޑައިނަމޯ ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއީލު ޝުޖާއު މިއަދު ވިދާޅުވީ ޕެންޝަން ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކުރީ ތަކުރާރުކޮށް ފައިސާ ދެއްކުމަށް އެންގުމުން ވެސް ފައިސާ ނުދެއްކުމުން ކަމަށާއި ޕެންޝަން ގާނޫނުގައި ބުނެފައިވާ ގޮތުން ނަންތައް އާންމުކުރާތާ 15 ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ ގާނޫނީ ފިޔަވަޅު އެޅުމަށް ކޯޓަށް ހުށައަޅާނެ ކަމަށެވެ.
"މިހާރު ކުރިއަށް ދަނީ ކޯޓް މަރުހަލާއަށް ހުށައެޅުން. އޭގެ ކުރިން އެ ފަރާތްތަކުން ފައިސާ ދައްކައިފި ނަމަ ކޯޓަށް ނުގެންގޮސް މައްސަލަ ނިންމާލެވެނެ،" ސުޖާއު ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ މުއްދަތު ހަމަވުމުގެ ކުރިން ސުކީމަށް ދައްކަން ޖެހޭ ފައިސާ ވަޒީފާ ދޭ ފަރާތުން ނުދައްކައިފި ނަމަ ނުދައްކާ ފައިސާ އާ އެކު، އެ ފައިސާ ޕެންޝަން އޮފީހުން ކަނޑައަޅާ ޖޫރިމަނާއާ އެކު ވަޒީފާދޭ ފަރާތުން ދައްކަން ޖެހޭނެ ކަމަށެވެ.
އަމިއްލަ ކުންފުނިތަކުގެ މުވައްޒިފުންނާ އެކު 70000 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ރިޓަޔާމެންޓް ޕެންޝަން ސުކީމްގެ ރިޓަޔާމަންޓް ސޭވިންގް އެކައުންޓަށް ޖަމާކުރާ ފައިސާ ލިބޭނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމުން މަހުން މަހަށް ލިބޭ ފައިސާގެ ގޮތުގަ އެވެ.
ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 104 ކުންފުންފުންޏެއްގެ ނަން އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ