ނިމިދިޔަ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން "އުރީދޫ ޖޫނިއާސް އޮން ޑިއުޓީ" ނަމުގައި ކޯލް ސެންޓާ އެންޑް އެކްސްޕީރިއަންސް ސެންޓަރުގެ ފްރޮންޓްލައިން ސްޓާފުންނާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދީފި އެވެ.
އިއްޔެ ހެނދުނު 10:00 އިން މެންދުރު 12:00 ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވި ކުދިން ވަނީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އެކު ގޮތްގޮތުން ހަރަކާތްތެރިވި އެވެ.
"މި ހަރަކާތަކީ އަޅުގަނޑުމެންގެ ޒުވާން ބައިވެރިންނަށާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބުމުގެ އިތުރުން، އަންނަން އޮތް ޖީލު ބާރުވެރިކުރުވައި، ހިދުމަތާއި ގުޅުމުގެ ރޫހު ފާހަގަކުރުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭ ހަރަކާތެއް،" އުރީދޫއިން ބުންޏެވެ.
ކުޑަކުދިންގެ ދުވަހު އުރީދޫގެ ހިދުމަތް ދިނުމުގައި ކުޑަކުދިން ބައިވެރިވުން -- ފޮޓޯ: އުރީދޫ
އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް މަރުހަބާއެއް ކިޔައި، ސުވާލުތައް ހައްލުކުރުމުގައި އެހީތެރިވެދީ، ފޯނު ކޯލްތަކަށް ޖަވާބުދީ، ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖްތަކަށް ވެސް އެ ކުދިން ޖަވާބުދިނެވެ.
އުރީދޫއިން މަސައްކަތް ކުރަމުން ދަނީ ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުން ތަރުބިއްޔަތުކޮށް، ހިތްވަރު ދީ، އާ ކަންކަން ދަސްކުރެވޭ ފަދަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުޑަކުދިންގެ ދުވަހު އުރީދޫގެ ހިދުމަތް ދިނުމުގައި ކުޑަކުދިން ބައިވެރިވި ކުޑަކުދިންގެ ދުވަހު އުރީދޫގެ ހިދުމަތް ދިނުމުގައި ކުޑަކުދިން ބައިވެރިވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ