މޯލްޑިވްސް 2.0 ސަމިޓުގައި 10 ކަރުދާހެއް ހުށަހެޅި އެވެ. އަދި ވަނީ މި ކަރުދާސްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ފަންނީ ދާއިރާތަކުން އިތުރު ފަރާތްތަކާ މަޝްވަރާ ކުރަން ނިންމާފަ އެވެ.
ރާއްޖެ ޖިޓިޓަލް ކުރަން މަސައްކަތް ފަށަން ބޭއްވި މޯލްޑިވްސް 2.0 ސަމިޓުގައި މަޝްވަރާކޮށް 10 ކަރުދާހެއް އެކުލަވާލިއިރު ގައުމީ ޑްރާފްޓަށް ދިއުމުގެ އިތުރަށް މަޝްވަރާތައް ހޯދައި ފުރިހަމަ ކުރަން ނިންމައިފި އެވެ.
ދައުލަތުގެ ތިން ބާރުގެ އިސްވެރިންނާއި މުވައްސަސާތަކުގެ ވެރިން އަދި ޕްރައިވެޓް ސެކްޓާ ބައިވެރިވެގެން ދެ ދުވަހަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް 2.0 ސަމިޓު މިރޭ ނިންމާލާފައިވާއިރު މި ސަމިޓުގައި ވަނީ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކުރާނެ މަސައްކަތްތަކުގެ ވަގުތީ ދެލިކޮޕީއެއް އެކުލަވާލާފަ އެވެ. ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ މިނިސްޓަރު ކެޕްޓަލް އަލީ އިހުސާން ވިދާޅުވީ މޯލްޑިވްސް 2.0 އަކީ އީވޯޓިން ތައާރަފު ކުރަން ކުރާ މަސައްކަތެއް ނޫން ކަމަށާ މިއީ ދައުލަތުގެ ހުރިހާ ވިއުގަތަކެއް ޓިޖިޓަލްކޮށް މަސައްކަތް ކުރާނެ މެކޭނިޒަމެއް އެކުލަވާލަން ކުރާ ގައުމީ ފެންވަރުގައި މަސައްކަތް ފެށުމަށް ވަމުންދާ ތައްޔާރީގެ ބައެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ޓްރޭނެޓް މޯލްޑިވްސްގެ އެމްޑީ ސައީދާ އުމަރު ވިދާޅުވީ މި ސަމިޓަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާ މިގޮތުން ޝެޑިއުލް ކުރި ވަރަށްވުރެ ވަގުތު އިތުރުކޮށްގެން ބައެއް ސެޝަންތައް ކުރިއަށް ގެންދަން ޖެހުނު ކަމަށެވެ.
އޭނާ ވިދާޅުވީ މިފަދަ ޕްލެޓްފޯމެއް ކްރިއޭޓްކޮށް ދިންކަމަށްޓަކައި ރައީސަށް ޝުކުރު އަދާ ކުރާ ކަމަށާ ސަމިޓުން އެނގިގެން ދިޔައީ މިއީ ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ކޮންމެ އަހަރަކު ވެސް "މޯލްޑިވްސް 2.0 ސަމިޓެއް" ބާއްވަން ނިންމާފައިވާކަން ސައީދާ އިއުލާނު ކުރެއްވި އެވެ. "ސަމިޓުން އެނގިގެން ދިޔައީ ގުޅިގެން ހުރިހާ މުވައްސަސާތަކުން ގުޅިގެން ކުރެވޭނެ ގިނަ މަސައްކަތް ތަކެއް ހުރިކަން އެކަން ކުރަން ބޭނުންވާކަން. މީގެ އިތުރުން ގައުމީ ފެންވަރުގައި މަޝްވަރާ ކުރާނެ މިފަދަ ޕްލެޓްފޯމެއް އޮތުމުގެ މުހިންމުކަން. މިފަދަ ޕްލެޓްފޯމެއް އޮތުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މަޝްވަރާ ކުރެވި ކަންކަން ނިންމަން ފަހި ވެގެންދާނެކަން. އެހެންވެ ރައީސް ނިންމަވާފައިވަނީ ކޮންމެ އަހަރަކު މޯލްޑިވްސް 2.0 ސަމިޓު ބާއްވަން،" ސައީދާ ވިދާޅުވި އެވެ. "ސަމިޓުން އެނގިގެން ދިޔައީ މި ދާއިރާއަކީ ނިސްބަތުން ފަންނާއި ހުނަރު ބިނާ ކުރަން ޖެހޭ ކަމަކަށްވާތީ ދުނިޔޭގައި މިފަދަ ކަންކަމުގައި ކުރިއަރާފައިވާ ގައުމުތަކުގެ ބައިވެރިވުމާއެކު މިފަދަ ސަމިޓުތައް ބޭއްވުމަކީ ބައިވެރިންގެ ވަރަށް ބޮޑު އެދުމެއްކަން."
ސައީދާ އިތުރަށް ވިދާޅުވީ އަށް ޕިލާގެ މައްޗަށް ގިނަ ޑޮކިއުމެންޓް ތަކެއް ހުށަހެޅިގެން ދިޔައިރު އަދިވެސް އެއްގޮތް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ސަމިޓުން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓާ އިތުރަށް ބައިވެރި ކުރުމާއެކު ސެކްޓާ ތަކަށް މަޝްރޫއުތައް ބައްޓަން ކުރުމަކީ ކުރާނެ ކަމަށް ބައިވެރިން ބުނެފައިވާ ކަމަށެވެ. "އެންމެ އިސްކަމެއް ދޭނީ އެކުލަވާލި ޑްރާފްޓް އެންމެންގެމެދުގައި ހިއްސާ ކުރެވި ގައުމީ ޑޮކިއުމެންޓެއްގެ ގޮތުގައި އަމަލު ކުރަން ފެށުމުގެ ކުރިން ހުރިހާ ބޭފުޅުންގެ ހިޔާލު ގެނެސް އާއްމުންނަށް ފެންނާނެ ގޮތް ހަދަން. މި މަސައްކަތުގައި ވަރަށް ފަންނީ ޓެކްނިކަލް މަސައްކަތް ތަކެއް ހިމެނޭ އެހެންވެ މި މަސައްކަތުގައި އުޅުއްވާ ފަންނީ ބޭފުޅުންގެ ހިޔާލަކީ އެބަޖެހޭ އިތުރަށް ޑީޕްޑައިވެއް ކޮށްލަން. [ފުނަށް ގޮސް ފަންނީ ގޮތުން ހުރި މައްސަލަތައް ބަލަން] އެހެންވެ އެ ކަންކަމަށް އިތުރަށް ވޯކްޝޮޕް ތަކެއް ބޭއްވޭނެ." ސައީދާ ވިދާޅުވި އެވެ.
އެންމެ އިސްކަމެއް ދޭނީ އެކުލަވާލި ޑްރާފްޓް އެންމެންގެމެދުގައި ހިއްސާ ކުރެވި ގައުމީ ޑޮކިއުމެންޓެއްގެ ގޮތުގައި އަމަލު ކުރަން ފެށުމުގެ ކުރިން ހުރިހާ ބޭފުޅުންގެ ހިޔާލު ގެނެސް އާއްމުންނަށް ފެންނާނެ ގޮތް ހަދަން
ޓްރޭޑް ނެޓްގެ އެމްޑީ ސައީދާ އުމަރު
މީގެ އިތުރުން ސައީދާ ވިދާޅުވީ ސަމިޓުގެ ބައިވެރިން ދެއްވި އަނެއް ހިޔާލަކީ ޑިޖިޓަލައިޒޭޝަން މަސައްކަތުގައި އާއްމުން ހޭލުންތެރި ކުރަން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ."ހާއްސަކޮށް މާލެއިން ބޭރު ޓެކްނޮލޮޖީއާ ފަރިތަނޫން ފަރާތްތަކަށް ވެސް މައުލޫމާތު ދިނުމުގެ މުހިންމުކަން. އެންމެ އިސްކަމެއް ދޭނީ އެކަމަށް،" ސައީދާ ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މޯލްޑިވްސް 2.0 ސަމިޓް ނިންމާލައިފި، 10 ކަރުދާހެއް، ގައުމީ ޑްރާފްޓަށް އިތުރަށް ފުރިހަމަކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ