އަބްދުﷲ ގާޒީ ހައްޔަރު ކުރެވުމަކީ ހެއްދެވުނު ބޮޑު ގޯހެއް: ރައީސް ނަޝީދު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރެވުމަކީ ހެއްދެވުނު ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެއްބަސްވެއްޖެއެވެ.
އިންޑިއާގެ ނޫހަކަށް ރައީސް ނަޝީދު ދެއްވި ބަސްދީގަތުމެއްގައި ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ އެމަނިކުފާނަށް އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް ވަނި އެއްބަސްވެފައެވެ. ނަމަވެސް އަބްދުﷲ ގާޒީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމެވުންތަކަށް ކަމޭނުހިއްތަވާ ޢަމަލު ނުކުރެއްވުމުން އެއީ
އެވަގުތު އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ނިންމާ އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވީއެވެ.
"އަޅުގަނޑު އޭނާ މަޤާމުން ވަތްކެއް ނުކުރުރަން. ނަމަވެސް ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ޤައުމުގެ ރައީސްގެ މަޤާމުގައި ހުރެ އެކަން ކުރަން ޖެހޭ އެންމެ ރަނގަޅު ގޮތަކަށް ނޫން ކަން ކުރެވިފައި އޮތީ."
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކޯޓުތަކުން ވަނީ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ނިންމާ އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އިންޑިއާގެ "ދަ ވަޔަރ" ނޫހަށް ދެއްވި ބަސްދީގަތުމުގައި ރައީސް ނަޝީދު ވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތާއީދާއި އަދި ސުޕްރީމް ކޯޓުގެ ތައީދު ވެސް އެމަނިކުފާނަށް ގެއްލިފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ