ވިއެޓްނާމްގައި ލޯންޗެއް ބަންޑުން ޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

ވިއެޓްނާމްގެ ދެކުނުގައި އޮންނަ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ޕޫ ކުއޮކް ރަށާ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި އެ ލޯންޗުން ދަތުރުކުރި މީހުންގެ ތެރެއިން 21 މީހަކު ސަލާމަތްކޮށްފައިވާއިރު، އަނިޔާވި މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މިފަހަރު ހާދިސާ ހިނގި ޕޫ ކުއޮކް އަކީ ވިއެޓްނާމްގެ ދެކުނުން ތައިލެންޑް ކަނޑުއޮޅީގައި އޮންނަ، އެ ގައުމުގެ އެންމެ މަގުބޫލު އެއް ބީޗް ޑެސްޓިނޭޝަނެވެ. އަދި ލޯންޗު ފުރި ހޮން މޭ ރުތު ރަށަކީ ޕޫ ކުއޮކްގެ ދެކުނުން 10 ކިލޯމީޓަރު ބޭރުގައި އޮންނަ، ދޮންވެލިގަނޑާއި ސާފު މޫދުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތްކުރާ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ