ލޯބީގެ މަޅީގައި ޖައްސައިގެން 8 މިލިއަން ޑޮލަރު ހޯދި އިންފްލުއެންސަރަކު އެމެރިކާއާ ހަވާލުކޮށްފި

އެމެރިކާގެ ދޮށީ އުމުރުގެ މީހުންނަށް އޮޅުވާލައިގެން، ލޯބީގެ މަޅީގައި ޖައްސައިގެން 8 މިލިއަން ޑޮލަރު އަތުލި ކަމުގެ ތުހުމަތުގައި، ގާނާގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ އަބޫ ޓްރިކާ (އަސްލު ނަން: ފްރެޑްރިކް ކުމީ) ޝަރީއަތަށް އެމެރިކާއާ ހަވާލުކޮށްފި އެވެ.
އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އޭނާ އިންކާރު ކުރެ އެވެ.
Enterprise Development Industrial Pvt Ltd
MGH Group of Companies
Zetta Enterprises Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ކުމީ ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ އާއި ޑޭޓިން ސައިޓްތަކުގައި ފޭކް އައިޑީތަކެއް ހަދައި، މީހުންގެ އިތުބާރު ހޯދުމަށް ފަހު އޮޅުވާލައިގެން ފައިސާ އަތުލާފަ އެވެ.
މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މަކަރާއި ހީލަތް ހެދުމާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ފްލައިޓެއްގައި އެމެރިކާއަށް ގެންގޮސްފަ އެވެ.
ކުމީގެ ވަކީލު ބުނީ، އޭނާ އެމެރިކާއާ ހަވާލުކުރުން ހުއްޓުވުމަށް ބުރާސްފަތި ދުވަހު އޭނާ ކޯޓަށް ދިޔަ ކަމަށެވެ. ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ޑެލްޓާ އެއާލައިންސްގެ ފްލައިޓެއްގައި ކުމީ އެމެރިކާއަށް ފޮނުވާލި އެވެ.
ކޯޓުގެ ނިންމުމަކަށް މަޑުނުކޮށް ކުމީ ފޮނުވާލުމަކީ ގާނާ ސަރުކާރުން "ޝަރުއީ ބާރުތަކަށް" އަރައިގަތުން ކަމަށް ވަކީލު ތުހުމަތު ކުރެ އެވެ. 
ނަމަވެސް، ގާނާ ސަރުކާރުން ބުނަނީ އަމަލުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި ވަކީލު ފާހަގަކުރި ވަގުތުތަކާ ގުޅޭ މައުލޫމާތުތަކަށް ސަރުކާރުން އިންކާރު ކުރެ އެވެ.
އިންސްޓަގްރާމްގައި 100،000 އަށް ވުރެ ގިނަ ފޮލޯވަރުން ލިބިފައިވާ ކުމީ، އޭނާ ބޭނުންކުރާ އަގުބޮޑު ސާމާނުތަކާއި މުއްސަނދި ދިރިއުޅުން މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ދައްކަމުން ގޮސްފައިވެ އެވެ.
އޭނާގެ މުއްސަނދިކަމާ މެދު ސުވާލު އުފެދެން ފެށީ މި ސަބަބާ ހުރެ އެވެ.
ގާނާގެ ދެކުނުގެ ރަށެއް ކަމަށްވާ ސްވެޑްރޫއަށް ނިސްބަތްވާ ކުމީ ހައްޔަރުކުރީ މިދިޔަ އަހަރު ގާނާ އާއި އެމެރިކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
ކުމީގެ އުމުރާ މެދު ވެސް ހިޔާލުތަފާތުވުންތަކެއް ހުރިއިރު، އޭނާގެ ވަކީލު ބުނަނީ އޭނާގެ އުމުރަކީ 28 އަހަރު ކަމަށެވެ. ނަމަވެސް އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި އޭނާގެ އުމުރަކީ 31 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ