ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވެކްސިން ދޭން ފަށައިފި

ސުވައިން ފުލޫއިން ރައްކާތެރިވުމަށް ޖަލާ އިންފުލުއެންޒާ ވެކްސިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށާއި ދުވަސްވީ މީހުންނަށް ޖަހައި ދިނުމަށް ނިންމައިފިއެވެ. އެ ވެކްސިން ޖަހައިދޭން ނިންމާފައި ވަނީ މާބަނޑު މީހުނަށާއި ހަށިގަނޑުގެ ގުނަވަން ބަދަލުކޮށްފައިވާ މީހުންގެ އިތުރުން ކެންސަރު ބައްޔަށް ފަރުވާ ހޯދާފައިވާ ފަރާތްތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާހޯދާ ތިން އަހަރުން މަތީ މީހުންގެ އިތުރުން ޑައިލަސިސް ހަދާ ފަރާތްތަކާއި އުމުރުން 65 އަހަރުން މަތީ ފަރާތްތަކަށެވެ. ހެލްތް ޕުރޮޓެކްޝަން އެޖެންސީން ބުނީ ޑޮކްޓަރުގެ ލިޔުމާއި އައިޑީކާޑް ހިފައިގެން ދިއުމުން އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލާއި ދަމަނަވެށި އަދި އަތޮޅުތެރޭގައިނަމަ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން އެ ވެކްސިން ޖަހައިދޭން ދޭނެ ކަމަށެވެ. ދަމަނަވެށީގައި ވެކްސިން ޖަހައިދެނީ މެންދުރު 2:00 އިން ހަވީރު 4:00 އަށެވެ. ސުވައިން ފުލޭ ޖެހިގެން ތިން މީހަކު ރާއްޖެއިން މަރުވެފައިވާއިރު، އެޗްވަންއެންވަންއަށް ޕޮޒިޓިވްވެގެން އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ދެ ގުނަ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ. އެޗްވަންއެންވަން ޖެހިގެން ފަރުވާދޭ މީހުންގެ އަދަދު 22 އިތުރުވިއިރު، އެއީ އާދިއްތަ ދުވަހުގެ ތަފާސް ހިސާބާ އަޅާބަލައިރު ދެ ގުނަ އިތުރު އަދަދެކެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެޗްވަންއެންވަން އަށް ޕޮޒިޓިވްވެ ފަރުވާދެމުން ގެންދިޔައީ 11 މީހަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ