މައުމޫން ފެކްޝަންގެ މަޖިލީސް މެމްބަރުން މައާފަށް އެދިވަޑައިގެންފި

ރައީސް މައުމޫން ފެކްޝަންއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.
އެ ފެކްޝަންގެ ޕީޖީ ގްރޫޕުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، މެމްބަރުން ވިދާޅުވީ މަޖިލީހުން ފާސްކުރި ގަނޫނުތަކާއި އޭރުވެސް ދެކޮޅު ހެދިކަމަށާއި، ނަމަވެސް "ވޯޓް ދެއްވީ ބިރުވެރިކަމެއްގައި ތިއްބަވައިގެން"ކަމަށެވެ.
މައުމޫން ފެކްޝަންގެ ބައެއް މެމްބަރުން ވިދާޅުވީ އެއިރު ގާނޫނުތަކަށް ވޯޓް ދެއްވީ ރައީސް ޔާމީންއަށް ފުރުސަތުދެއްވަން ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްތަދާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް އިން ގާނޫނުތައް ދެން ފާސްކުރަން ޖެހޭނީ މެމްބަރުންގެ ލަފަޔާއި މަޝްވަރާއިއެކު، އެ ފެކްޝަން މެމްބަރުންގެ ހިޔާލާއިވެސް އެކު ކަމަށެވެ.
"އަޅުގަނޑުމެން ދުލެއް ނުކުރާނަން ކުރިން އެ ހެއްދެވިހެން ރައީސްއަށް ފެނިވަޑައިގެންފިއްޔާ ދަންވަރުވެސް ގާނޫނު ފާސްކުރާ ގޮތަށް، ފަތިހުވެސް ފާސްކުރާ ގޮތަށް. ދެން އެ ގޮތްގޮތް ގަބޫލު ނުކުރާނަން". މުސްތަފާ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން އަންނަ އެއްވެސް ވިޕް ލައިންއަކަށް ދެން އަމަލު ނުކުރާނެކަމަށާއި، އޭގެ ބަދަލުގައި ކުރާނީ ރައީސް މައުމޫން އާއި އެމަނިކުފާނާއެކު، މަސައްކަތް ކުރާ ޓީމްއިން ކަނޑައަޅާ ވިޕް ލައިންއަށް ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާ ޓެރަރިޒަމް ގާނޫނު ފާސްކުރަން ވޯޓް ދެވުނީތީ މެމްބަރުން ވަނީ މައާފަށް އެދިވަޑައިގެންފައެވެ. ރައްޔިތުންނާއި ގައުމަށް ގެއްލުން ވާ ގޮތަށް މަޖިލީސްއިން ފާސްކޮށްފައިވާ ގާނޫނުތައް ބާތިލްކޮށް އެ ގާނޫނުތައް އިސްލާހުކުރުމަށް އެމްޑީޕީ އާއި އެހެން ސިޔާސީ ޕާޓީތަކާއި ގުޅިގެން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް މައުމޫން ފެކްޝަންގެ ޕީޖީ ގްރޫޕް އިން މިއަދު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ