ކުރިއަށް އޮތީ ހޫނު މޫސުން، ސިއްހަތަށް ސަމާލުވޭ

ކުރިއަށް ދެން އޮތީ ހޫނު ގަދަ ދުވަސްތަކެއް ކަމަށާއި އެހެން ކަމުން ހުރިހާ ބޭފުޅުންވެސް ސިއްހަތަށް ސަމާލުވުމަށް ގައުމީ  މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
"ވަގުތަށް" ދެއްވި އިންޓަވިޔުއެއްގައި މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވީ އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް މާޗް މަހާއި އޭޕްރިލް މަހަކީ އެހެން މަސްތަކަށްވުރެ ހޫނު ދުވަސްވަރެއްކަމަށެވެ. އަދި އެ ދެމަހުގައި ވާރޭ ވެހުން މަދުވެ ފެނަށް ދަތިވުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ހަންގަނޑު ކުރަކި ވުމާއި މާ ބޮޑަށް ދާހިއްލުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށާއި މިފަދަ ކަންކަމުން ސަލާމަތްވުމަށް ގިނައިން ދިޔާތަކެއްޗާއި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް އިސްކަން ދިނުމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މޫސުމާބެހޭ އިދާރާއިން މިއަދު ބުނީ، މިމަހުގެ މިހާތަނަށް އައި އިރު ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ 33 ޑިގްރީއަށެވެ. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއަށްވުރެއް ހޫނުމިން މައްޗަށް ދާނެ ކަމަށް ނުބެލެވޭ ކަމަސްވެސް މެޓުން ބުނެފައިވެއެވެ.
ފަހުގެ ތާރީހެއްގައި ރައްޖޭއަށް  އެންމެ ހޫނު ވެފައިވަނީ 2105 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ