ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވާން ބޭނުންވަނީ އެންމެ 180 މީހުން- މެމްބަރު ނަޝީދު

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ދަފްތަރުން މަދުވަނީ 180 މީހުންކަމަށާއި އުންމީދަކީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދިއުންކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މެމްބަރު މުހައްމަދު ނަޝީދު މިހެން ވިދާޅުވީ އުދުހޭ ގެ ނަމުގައި ޕީޕީއެމްގެ 6 ވަނަ އަހަރީ ދުވަސް ފާޙަގަކުރުމަށް ކުޅުއްދުއްފުށީގައި ރޭ ބޭއްވި ހާޢްސަ ޖަލްސާގައި ވާހަކަ ދައްކަވަމުނެވެ.  ކުޅުދުއްފުއްޓަށް އަންނަމުންދާ ތަރައްޤީޤެ ބޮޑެތި ބަދަލުތަކާއި ގުޅޭގޮތުން އުދުހޭ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޤަނޫނީ ގޮތުން ކުޅުއްދުއްފުށި ސިޓީއަކައް ބަދަލުވާން އޮތް ހަމައެކަނި ހުރަހަކީ 180 މީހުން އެ ރަށުގެ ދަފްތަރުން މަދުވުން ކަމަށެވެ. އެގޮތުން ކުޅުއްދުފުށީ އާ ހަރުފަތަކަށް ގެންގޮސް ސިޓީ އަކައް ބަދަލުވުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމަށް މަސައްކަތް ކުރައްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އެއާޕޯޓް އެޅުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރައްވާ މަސައްކަތުގެ އިތުރުން އެ ރަށުގައި ކުރިޔަށް ދާ އިތުރު ތަރައްޤީޤެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ކުޅުދުއްފުށި މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ހޮސްޕިޓަލުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާ ސްޕީޑްގައި ކުރިއަށްދާކަމަށެވެ. މީގެއިތުރުން މިއަދު ކުޅުދުއްފުށީގެ ޒުވާނުން ބޭނުންވާ އެއް ކަމަކީ އެ ރަށުގައި ޒުވާނުންގެ މަރުކަޒެއް ބިނާ ކުރެވި، އެތަނުގައި ކުޅިވަރު ކުޅޭވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުންކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދުގެ މިވާހަތަކާއި ގުޅިގެން ކުޅިވަރާއިބެހޭ މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ ކުޅުދުއްފުށީގައި ޒުވާނުންގެ ކުޅިވަރު ކުޅޭ ކޮޕްލެކްސްއެއްގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަށް ފާހަގަކުރައްވާފަވެއެވެ.
ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ ވަޒީރު އިރުތިޝާމް އާދަމް ވާހަކަފުޅު ދައްކަވަނީ
ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރައް ބަދަލު ކުރެއްވުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތައް އަލި އަޅުއްވާލައްވާ މެމްބަރު ވިދާޅުވީ، ކުޅުއްފުށީ ހޮސްޕިޓަލްއަށް އަންނަމުންދާ ބަދަލުތައް ރައްޔިތުންނަށް ފެންނަމުން ދާކަމަށެވެ. އެގޮތުން އިންޑިއާގެ ނިމްސް ހޮސްޕިޓަލްއާއި ހަވާލު ކުރެވިގެން ކުރެވޭ މަސައްކަތުގެ ތެރެއިން އައު ހިދުމަތްތައް އެ ހޮސްޕިޓަލްގައި ފުޅާވަމުން އަންނަ ކަން ފާހަގަކުރެއްވިއެވެ
ލަޔާލް މަނިކް
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
×
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!
4 ގަޑި ކުރިން
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
7 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
7 ގަޑި ކުރިން
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
9 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
9 ގަޑި ކުރިން
ސިނާންއާއި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
16 ގަޑި ކުރިން
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
7 ގަޑި ކުރިން
މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!
13 ގަޑި ކުރިން
އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ
16 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ