ސޮނީ ހާޑްވެއާ އިން "ސޮނީ ސިމެންތި" ބާޒާރަށް ނެރެފި، ދެން ހާސްވާކަށް ނުޖެހޭނެ!

މެދުއިރުމަތީގައި ހިނގަމުންދިޔަ ހަނގުރާމަތަކާއެކު ދުނިޔޭގެ ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، ރާއްޖޭގެ ބާޒާރުން ސިމެންތި ލިބުން ދަތިވިތާ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ވަނީ ބޮޑު މަޑުޖެހުމެއް އައެވެ. ގިނަ މަޝްރޫއުތަކެއް ހުއްޓި، ކޮންޓްރެކްޓަރުންނާއި އާންމު ރައްޔިތުން ވަނީ ސިމެންތި ނުލިބުމުގެ ސަބަބުންނާއި، ލިބޭ ސިމެންތީގެ ކޮލިޓީއާ މެދު ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.
މިފަދަ އުނދަގޫ ދަނޑިވަޅެއްގައި، އިމާރާތްކުރުމުގެ ސިނާއަތް މި ދަތިކަމުން ސަލާމަތްކޮށްދިނުމަށް އިސްނަގައި، ސޮނީ ހާޑްވެއާ އިން ކުރިއަށްޖެހިލި އެވެ. އެ ކުންފުނިން ވަނީ "ސޮނީ ސިމެންތި" ގެ ނަމުގައި ފެންވަރު ރަނގަޅު ސިމެންތިއެއް ބާޒާރަށް ތައާރަފުކޮށްފަ އެވެ. މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގެ ކަންބޮޑުވުންތަކަށް ނިމުން ގެނެސްދޭނެ، އިތުބާރު ހުރި އަދި އެންމެ މަތީ ފެންވަރުގެ އުފެއްދުމެއްކަމަށް އެ ކުންފުނިން ބުނެ އެވެ.
ސިމެންތީގެ ދަތިކަމާ ހުރެ ބާޒާރުގައި މިހާރު ސިމެންތީގެ އަގުތައް ހުރީ އިންތިހާއަށް މަތީގަ އެވެ. ނަމަވެސް "ސޮނީ ސިމެންތި" ބާޒާރަށް ނުކުތުމާއެކު، އަގުތައް އަތްފޯރާ ފަށުގައި ހިފެހެއްޓި، ކަސްޓަމަރުންގެ ޖީބަށް ބޮޑު ލުޔެއް މިހާރު ވެސް ވަނީ ލިބެން ފަށައިފަ އެވެ. 
މީގެ އެންމެ ބޮޑު އެއް ނަތީޖާއަކަށް ވެގެންދާނީ، މަޑުޖެހިފައިވާ ކޮންސްޓްރަކްޝަން ސިނާއަތަށް އާ ދިރުމެއް ލިބުމެވެ. ބޮޑު އަގުގައި ސިމެންތި ގަންނަން ނުޖެހި، ބަޖެޓުން ބޭރުނުވެ ޕްރޮޖެކްޓްތައް ނިންމާލުމަށް މިއިން ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ. ސޮނީ ހާޑްވެއާ އިން މި ސިމެންތީގެ ބޮޑު ސްޓޮކެއް އެތެރެކޮށްފައިވާތީ، ކަސްޓަމަރުންނަށް އެއްވެސް ހާސްކަމެއް ނެތް ގޮތަށް އަބަދުވެސް ސިމެންތި ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
ސޮނީ ސިމެންތިއަކީ ކޮލިޓީގެ ގޮތުން ބަލާއިރު އެންމެ މަތީ ފަންތީގެ، އިތުބާރު ހުރި އުފެއްދުމެކެވެ. މި ސިމެންތީގެ ސްޓްރެންތު ކްލާސްއަކީ 42.5 ނިއުޓަންއެވެ. މިއީ ވަރުގަދަ އަދި ގިނަ ދުވަހަށް ދެމިގެންދާ ބޮޑެތި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް އެންމެ އެކަށީގެންވާ ފެންވަރެވެ. މީގެ އިތުރުން، މިއީ ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރި ތިމާވެއްޓާ ރައްޓެހި "ލޯ ކާބަން" ސިމެންތި ވެސް މެއެވެ. އެހެންކަމުން މިއީ އިމާރާތްކުރުމުގެ ދާއިރާއަށް ލިބުނު އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ވެސް ފައިދާ ހުރި ހައްލެކެވެ. 
"ސޮނީ ސިމެންތި" އާންމުކޮށް ބާޒާރުން ލިބެން ހުންނާނީ 50 ކިލޯގެ ބަސްތާގަ އެވެ. މި ސިމެންތި ޕެކްކުރެވިފައި ވަނީ ޑަބަލް ލޭޔަރު (ދެ ފަށަލަ) އެކުލެވޭ ގޯނީގައި ކަމުން، ދިގު ދަތުރުތަކަށްފަހު ރަށްރަށަށް ގެންދާއިރުވެސް ސިމެންތި ގަނޑުވުމުން ރައްކާތެރިކޮށްދީ، އޭގެ އަސްލު ފެންވަރު ހިފަހައްޓައިދެއެވެ. އަދި ބޮޑެތި ޕްރޮޖެކްޓްތަކަށް ގިނަ އަދަދަކަށް އޯޑަރުކުރާ ފަރާތްތަކަށް ޖަމްބޯ ބޭގުގައި ޕެކްކޮށްގެން ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދޭނެއެވެ. މިއީ ލޮޖިސްޓިކްސްގެ މަސައްކަތްތަކަށް ލިބޭނެ ބޮޑު ފަސޭހައެކެވެ.
މި ސިމެންތި ބައްލަވައިގަތުމާއި ލޮޖިސްޓިކްސްގެ ހުރިހާ ކަމެއް ވަނީ ކަސްޓަމަރުންނަށް އެންމެ ފަސޭހަވާނެ ގޮތަށް އިންތިޒާމުކުރެވިފައެވެ. އޯޑަރު ކުރެއްވުމަށް ސޮނީގެ ހޮޓްލައިން 3336699 އަށް ގުޅުއްވައިގެން ނުވަތަ ސޮނީ ހާޑްވެއާގެ ކޮންމެ އޮންލައިން ޗެނަލްއަކަށް މެސެޖު ކޮށްލައްވައިގެން ފަސޭހަކަމާއެކު "ސޮނީ ސިމެންތި" ބައްލަވައިގަނެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ