ދަނޑުވެރި މަންފާ އެގްރިބިޒްނަސް މެޗިން ގްރާންޓަށް ހުޅުވާލައިފި

"މި ޕްރޮގްރާމުގެ ސަބަބުން ދަނޑުވެރިންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަވެ، އުފެއްދުންތެރިކަމާއި އައު އީޖާދުތަކަށް އިންވެސްޓްކުރުމަށް ބާރުލިބިގެންދާނެ" އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަކީ ތިން އަތޮޅެއްގެ 26 ރަށެއްގައި ކުރިއަށްގެންދާ ފުޅާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މިހާރުވެސް 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކިއުކަމްބާ، މެލަން، މިރުސް އަދި ކަރާ ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީންތައް ދަނީ ދެމުންނެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ޒުވާނުން އަހުލުވެރިކުރުވައި، މި ސިނާއަތް އިތުރަށް ފުޅާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ