ސްޓޭޑިއަމްގެ ލޮކަރ ރޫމްގައި އީރާނުގެ ޝުކުރުގެ މެސެޖެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި އީރާން އާއި ބެލްޖިއަމް ބައްދަލުކުރި މެޗު ކުޅުނު ލޮސް އެންޖަލިސް ސްޓޭޑިއަމްގައި އީރާން އިން ބޭނުންކުރި ލޮކަރ ރޫމްގައި އެޓީމުން ޝުކުރުގެ މެސެޖެއް ބާއްވައިފިއެވެ.
މިމެސެޖުގައި އީރާން ޓީމުންވަނީ އެޓީމުން ލޮސް އެންޖަލިސް އަށް އައީ ފަހުރުވެރިކަމާއެކު ކަމަށާއި އަދި ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނީ ޝަރަފްވެރި ކަމާއެކު ކަމަށާއި އަދި އެނބުރި މިދަނީ އުފާވެރިކައެކު ހިނިތުންވެ ތބެއެވެ. އަދި އީރާންގެ ޓީމުންވަނީ އެޓީމަށް ލޮސް އެންޖަލިސްއިން އަދާކުރި މެހެމާން ދާރީއަށް ޝުކުރު އަދާކޮށްފައެވެ.
އީރާންގެ ކޯޗު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ދެވަނަ މެޗަށް އައުމުގެ ހުއްދަ ދިންލެއް ލަސްވި ނަމަވެސް އެޓީމު ލޮސް އެންޖަލިސްއަށް ދިއުމާއި އެކު އިމިގްރޭޝަން އިން ފެނިގެން ހުރިހާ ކަމެއް ވަރަށް ފަސޭހަ ކޮށްދީފައިވާކަން ފާހަގަ ކޮށްފައެވެ.
މީގެއިތުރުން މިމެސެޖުގައި އީރާން އިންވަނީ އެޓީމަށް ސަޕޯޓްކުރި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މިގޮތުން އީރާން މި ދަނޑުގައި ކުޅުނު ދެމެޗުގެ 180 މނެޓްގައި ހިތުން ރުހުމުން އެޓީމަށް ސަޕޯޓްކުރި ހުރިހާ ފަރާތްތަކެއް ފާހަގަ ކޮށްފަވެއެވެ.
މީގެއިތުރުން ހުރިހާ ޤައުމެއްގެ މެދުގައި ސުލްހަ އާއި އިހްތިރާމް އަދި އެކުވެރިކަން އާލާވުމަށް އެދި މެސެޖު ނިންމާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ