މިރޭ 10 ޖަހާއިރު އޮސްޓްރިޔާއާ ދެކޮޅަށް އާޖެންޓީނާ ނުކުންނަ އިރު ކެޕްޓަން ލިއޮނެލް މެސީ ތާރީހުން އާ ޖާގައެއް ހޯދުން އޮތީ ވަރަށް ގާތުގަ އެވެ.
ފުރަތަމަ މެޗުގައި އަލްޖީރިޔާ ކޮޅަށް ހެދި މެސީގެ ވޯލްޑް ކަޕް އަލަތު ހެޓްރިކާ އެކު އޭނާއަކީ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެކެވެ. އެ މެޗާ ހަމައަށް، 16 ލަނޑާ އެކު، 2014 އިން ފެށިގެން ރެކޯޑް އޮތީ ޖަރުމަންގެ މިރޮސްލާވް ކްލޯސޭގެ އަތުގަ އެވެ.
މިރޭ މެސީގެ ފަރާތުން ލަނޑެއް އަތުވެއްޖެ ނަމަ ޖުމްލަ 17 އަށް އަރައި، 38 އަހަރުގެ ކުޅުންތެރިޔާއަށް ވޯލްޑް ކަޕްގެ ތާރީހުން ޖާގައެއް ލިބުނީ އެވެ.
މެސީގެ ފަހަތުން ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ވެސް ހުރީ އެފަދަ ރެކޯޑެއްގެ ތުންފަތް މަތީގަ އެވެ.
ފުރަތަމަ މެޗުގައި ސެނެގޯލް ކޮޅަށް ދެ ލަނޑު ޖެހުމާ އެކު ވޯލްޑް ކަޕްގައި އެމްބާޕޭގެ ޖުމްލައަކީ 14 އެވެ.
އެންމެ ފަހު ވޯލްޑް ކަޕް މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ހޯދީ ފައިނަލް މެޗު 3-3 އިން އެއްވަރުވެގެން ޕެނެލްޓީ ޖަހައިގެންނެވެ. އެ މެޗުގައި ފްރާންސްގެ ތިން ލަނޑު ޖަހައި، ތާރީހީ ހެޓްރިކް ހެދީ ވެސް އަދި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދީ ވެސް އެމްބާޕޭ އެވެ. އެއީ 1966ގެ ވޯލްޑް ކަޕްގެ ފަހު ފައިނަލް މެޗެއްގައި ހެޓްރިކެއް ހެދި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އާޖެންޓީނާ އާއި އޮސްޓްރިއާގެ މެޗު ނިމޭތާ ދެ ގަޑިއިރުގެ ތެރޭގައި ފްރާންސް ނުކުންނާނީ އިރާގާ ދެކޮޅަށެވެ. އެހެންކަމުން މިއީ ލަނޑު ލިސްޓުން އާ ޖާގައެއް ހޯދަން އެމްބާޕޭއަށް އޮތް ރަނގަޅު ފުރުސަތެކެވެ.
މިރޭ މެސީ އާއި އެމްބާޕޭ ވެސް އާ ރެކޯޑެއް ހަދާފާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ