އަލީ ޒާހިރާއި މައުމޫން ކޯޓަށް ހާޒިރުކޮށް ނަސޭހަތް ދީފި

އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
އަލީ ޒާހިރުގެ އިތުރުން ރައީސް އަބްދުﷲ ޔާމިނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ވެސް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
މި ދެ ބޭފުޅުން ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.
މި ދެ ބޭފުޅުން މިއަދު ކޯޓަށް ހާޒިރުކޮށް ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުން ވަނީ މި ދެ ބޭފުޅުންނަށް ނަސޭހަތްތެރިވެ ދޫކޮށްލާފަ އެވެ.
ކްރިމިނަލް ކޯޓަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އަލީ ޒާހިރު ވިދާޅުވީ ކޯޓަށް ހާޒިރުކުރި ނަަމަވެސް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށްދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ