ސްޕްރީމް ކޯޓުގެ ހުކުމުގައިވާ ޖިނާއީ ކަންކަން ތަހުޤީޤުކޮށް ދިނުމަށް އެދި ފުލުހުންނަށް ހުށައަޅައިގެން ޙައްޤު ހޯދަން މަސައްކަތް ކުރައްވާނެކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދު ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ވިިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ރޭ އެޕާޓީގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުންނެވެ.
އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހުކުމް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ވެސް ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ. އެ ޕާޓީއަކީ ކޯޓުގެ ހުކުމްތަކަށް އިހުތިރާމް ކުރައްވާނެ ޕާޓީއެއްް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ސްޕްރީމް ކޯޓުގެ ހުކުމް އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ވެފައި ވިޔަސް ޕީޕީއެމް އަށް ވަނީ ދޮރެއް ހުޅުވާދީފައި ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އެހުކުމުން ލިބިދޭ ފުރުސަތު ބޭނުން ކޮށްގެން މަސައްކަތް ހުއްޓާނުލާނެ ކަމަށް ވިދާޅުވިއެވެ.
ހިތްވަރު ދެރަ ނުކުރުމަށާއި އިންތިހާބުން ގެއްލިގެން އުޅޭ ޙައްޤުތައް ހޯދުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ޢަބްދުއްރަހީމް އަބްދުﷲ ވަނީ އެ ޕާޓީގެ ސަޕޯޓަރުންނަށް ދަންނަވާފައެވެ.
ވޯޓް އޮޅުވާލިކަމަށް ބުނެ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށްއެދި ރައީސް ޔާމީން ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅީ މިމަހު 10ވަނަ ދުވަހުއެވެ.
ސްޕްްރީމް ކޯޓުން ވަނީ ރިޔާސީ އިންތިހާބު ބާތިލްކުރަންޖެހޭ ވަރުގެ އެއްވެސް އަސާސެއް ނެތް ކަމަށް ހުކުމްކޮށް މައްސަލަ ނިންމާފައެވެ.
ހައްޤު ހޯދަން މަސައްކަތްކުރާނަން - ޢަބްދުއްރަހީމް އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ