ރައްޔިތުން ކަންބޮޑުވާ ސުވާލުތަކަށް އީސީއިން ޖަވާބުދާރީ ވާންޖެހޭ: ޕީޕީއެމް

ދިވެހި ރައްޔިތުން ކަންބޮޑުވާ ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީ ވާންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ އިންތިޚާބާއި ބެހޭގޮތުންނާއި އިލެކްޝަންސް ކޮމިޝަނާއި ބެހޭގޮތުން އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުން ގެންދަވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު ވާހަކަތައް ވެދާނެކަމަށާއި އެހެންނަމަވެސް އެ ފަރާތްތަކަށް އެކަމުގެ ހަޤީޤަތް އީސީއިން އޮޅުން ފިލުވައިދޭން ޖެހޭނެކަމަށް އަލީ އާރިފް ވަނީ ވިދާޅުވެފައެވެ. އަދި އެ ޕާޓީގެ ފަރާތުން އީސީއަށް ޖަވާބުދާރީވުމަށް ގޮވާލައްވަނީ ޒިންމާދާރު ޕާޓިއެއްގެ ގޮތުގައި އޮވެ ދިވެހި ރައްޔިތުންގެ ޙައްޤު ހޯދައިދިނުމުގެ ގޮތުންކަމަށްވެސް އަލީ އާރިފު ވިދާޅުވިއެވެ. 
ފޮޓޯ: ސޯޝަލް މީޑިއާ
އަލީ އާރިފް މިފަދައިން ވިދާޅުވެފައިވާއިރު ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ އީސީގެ ރައީސްގެ ބޭންކް ސްޓޭޓްމަންޓް ކަމަށް ދައްކުވައިދޭ ސްޓޭޓްމަންޓާއި އީސީގެ ފަރާތުން ވޯޓު ކަރުދާހުގައި ކެމިކަލްތަކެއް ބޭނުންކުރިކަމަށް ބެލެވޭ ފޮޓޯތަކެއް ދައުރުކުރަމުންނެވެ. އަދި އޭގެ އިތުރުން ވޯޓު ލުމުގެ ކުރިން ބައެއް ފަރާތްތަކުން ވޯޓު ކަރުުދާސް އީސީގެ އޮފިޝަލުންނަށް ދައްކާފައިވާކަމަށްވެސް އެކި ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މިހުރިހާ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އަދިވެސް އީސީއިން އެކަމާ މެދު އެއްވެސް ޖަވާބެއް ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.އަލީ އާރިފް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުން އަޅާ ފްލެޓްތަކަށް އެދި ހުށަހަޅާ ފޯމުތައް އަންނަ ސަރުކާރެއްގައި އުވާލާނެކަމަށް ގޮވާލުމަކީ އެ ޕާޓީއިން ކުށްވެރިކުރާ ކަމެއް ކަމަށާއި، އެފަދަ ގޮތަކަށް އެ ފޯމުތައް ބާތިލު ނުކުރެވޭނެކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތްކަމުގައި ވީނަމަވެސް ކުރީގެ ސަރުކާރުގެ ނިންމެވުންތަކާއި ދައުލަތުން ހިންގާފައި ހުރި ކަންތައްތަކަށް އިހުތިރާމް ކުރަން ޖެހޭނެކަމަށް އަލީ އާރިފު ވަނީ ވިދާޅުވެފައެވެ. އަލީ އާރިފް ވިދާޅުވީ ޕީޕީއެމަކީ އަބަދުވެސް ޒިންމާދާރު ޕާޓީއެއްކަމަށާއި އެގޮތުގައި އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ޤައުމީ ކަންތައްތަކުގަޔާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުމުގައި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެ ސަރުކާރަށް އެހީވެދޭނެކަމަށްވެސް އަލީ އާރިފް ވަނީ ވިދާޅުވެފައެވެ. އަލީ އާރިފް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އީސީއިން އަޑުއަހައި އެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.
#ޕީޕީއެމް
އިލެކްޝަންސް ކޮމިޝަން
އަލީ އާރިފް
އިދުހާމް ނައީމް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިރާގުގެ 30 އަހަރުގެ ހަޔާތް - ރާއްޖޭގެ މުވާސަލާތީ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް!
1 މިނެޓް ކުރިން
ސަރުކާރު ބާރުވެރި ކުރުވުމުގައި ލާމަސީލު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އިން އޮންނާނެ: ރިފާޢު
1 މިނެޓް ކުރިން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް 4 މީހަކު ހޯދަނީ
6 މިނެޓް ކުރިން
އޫރިދޫ ކަލާ ރަން މި ފަހަރު ތަފާތުވާނެ!
38 މިނެޓް ކުރިން
ރައްޔިތުން ކަންބޮޑުވާ ސުވާލުތަކަށް އީސީއިން ޖަވާބުދާރީ ވާންޖެހޭ: ޕީޕީއެމް
47 މިނެޓް ކުރިން
ބުރިޖާއި ރިންގް ރޯޑުގައި ޑިސްޕޯސަބަލް ރެއިންކޯޓު ބޭނުން ނުކުރުމަށް ފުލުހުން އެދިއްޖެ
47 މިނެޓް ކުރިން
5 ދުވަހުން 7 ކިލޯ ލުއި ކޮށްލަން ބޭނުންތަ؟
22 ގަޑި ކުރިން
ސްޓެލްކޯގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި
23 ގަޑި ކުރިން
އޯފިޝްއާއި ބިންހެލުމާއި އޮތީ ކޮން ގުޅުމެއް؟
1 ގަޑި ކުރިން
އަހަދު ތަމީމީގެ ނަމުގެ ޖަރޒީއެއް ރިއާލް މެޑްރިޑުން އޭނާއަށް އަރުވައިފި
19 ގަޑި ކުރިން
ރައީސް ޔާމީނަކީ ރާއްޖެ ދުށް އެންމެ ޑިމޮކްރެޓިކް ރައީސް: ޕީޕީއެމް
3 ގަޑި ކުރިން
ދޮށީ އުމުރުގެ މީހުންގެ ޢިލްމާއި، ތަޖުރިބާ މިއަދު ވެސް ޤައުމުގެ ކުރިއެރުމަށް ބޭނުންވޭ- ޒެނީޝާ
6 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ