ފަހަތުން އަރާ ހަލްސިޓީގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ކުރި ހޯދާ މެންޗެސްޓަރ ޔުނައިޓެޑް ލީގުގެ ހަވަނަ މަގާމަށް ޖެހިލައިފިއެވެ.
ޔުނައިޓެޑް ލީގުގެ ހަވަނަ މަގާމްގައި އޮތީ 31 ޕޮއިންޓާއެކީގައެވެ. އެހެންނަމަވެސް މިރޭ ޓޮޓެންހަމްއާއި ވެސްތްބްރޮމް ބައްދަލުކުރާ މެޗުން ޓޮޓެންހަމް މޮޅުވެއްޖެނަމަ ހަވަނަ މަގާމް ޓޮޓެންހަމްއަށް ލިބޭނެއެވެ. މިރޭގެ މެޗުން ބަލިވި ހަލްސިޓީ އޮތީ 20 ޕޮއިންޓާއެކީ ލީގުގެ 12 ވަނައިގައެވެ.
ހަލްސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓްތެރޭ ހަލްސިޓީން ވަނީ ދެ ގޯލް ޖަހާ ޔުނައިޓެޑް ސިއްސުވާލާފައެވެ. ހަލްސިޓީގެ ފުރަތަމަ ގޯލް މެޗުގެ 4 ވަނަ މިނެޓްގައި ޖޭމްސް ޗެސްތަރ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ދެވަނަ ގޯލް މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޭވިޑް މޭލާއެވެ.
ހަލްސިޓީން ދެ ގޯލް ޖެހިތާ 13 މިނެޓްފަހުން ޔުނައިޓެޑުން ވަނީ ދެ ގޯލްޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ރޫނީ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔުނައިޓެޑްގެ ފުރަތަމަ ގޯލް މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރ ކްރިސް ސްމޯލިންގްއެވެ. ޔުނައިޓެޑްގެ ދެވަނަ ގޯލް މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ވޭން ރޫނީއެވެ.
ޔުނައިޓެޑްގެ ތިންވަނަ ގޯލަކީ މެޗުގެ 66 ވަނަ މިނެޓްގައި ހަލްސިޓީގެ ޖޭމްސް ޗެސްޓަރ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި މެޗުގެ އެންމެ ފަހު މިނެޓްގައި ޔުނައިޓެޑްގެ ވިންގަރ ވެލެންސިޔާ ހަލްސިޓީގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ދެވަނަ ރީދޫކާޑާއެކީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ފަހަތުން އަރާ ހަލްސިޓީގެ މައްޗަށް ކުރި ހޯދާ ޔުނައިޓެޑް ލީގުގެ ހަވަނަ މަގަމާށް ޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ