ޔުވެންޓަސް ބަލިކޮށް ރެއާލް ކްލަބް ވޯލްޑް ކަޕް ކުއާޓާ އަށް ޔުވެންޓަސް ބަލިކޮށް ރެއާލް ކްލަބް ވޯލްޑް ކަޕް ކުއާޓާ އަށް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 2) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ރޭ ޔުވެންޓަސް 1-0 އިން ބަލިކޮށް، ރެއާލް މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ހާޑް ރޮކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ ޔުވެންޓަސް އަށެވެ.
ޔުވެންޓަސްގެ ފްރާންސް ފޯވާޑް، ރަންޑަލް ކޯލޯ މުއާނީ އަށް ރެއާލްގެ ޑިފެންސް ފަހަތުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް، ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ބޯމަތިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ވެސް މަތިންނެވެ.
ރެއާލުން މެޗުގައި ގޯލު ޖަހަން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ޔުވެންޓަސްގެ ކީޕަރު، މިޝޭލޭ ޑި ގްރެގޯރިއޯ ވަނީ މަތަކޮށްފަ އެވެ.
އެ ގޮތުން، ފުރަތަަމަ ހާފުގައި ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ އޭރިއާބޭރުން ޖެހި ޝޮޓާއި ދެ ވަަނަ ހާފުގައި ޖޫޑް ބެލިންހަމް އާއި ޑީން ހައުސަން، ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް ޑި ގްރެގޯރިއޯ އެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު 54 ވަަނަ މިނިޓްގައި ރެއާލަށް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ގާސިއާ އެވެ. މިއީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނަގައިދިން ހުރަހަކުން ގާސިއާ ބޮލުން ޖެހި ގޯލެކެވެ. ލީޑުފުޅާކުރަން ރެއާލްގެ ވަލްވޭޑޭ އާއި އައުރެލިއަން ޗުއަމެނީ އަދި އާޑާ ގުލާ ޖެހި ބޯޅަތައް ކީޕަރު ޑި ގްރެގޯރިއޯ ވަނީ މަތަކޮށްފަ އެވެ.
ޔުވެންޓަސް އަށް އެއްވަރުކޮށްދޭން ފްރާންސިސްކޯ ކޮންސެސާއޯ ފޮނުވާލި ދެ ހަމަލާ ވެސް ދިޔައީ ގޯލާ ސީދާނުވެ އެެވެ.
ރެއާލުން ކުއާޓާ ފައިނަލުގައި ކުޅޭނީ ބޮރޫޝިއާ ޑޯޓްމަންޑާއި މޮންޓަރޭއާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ