ވިމްބަލްޑަންގެ ދެވަނަ ބުރުން ސިނާ ދަތުރުކޮށްފި
ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުން މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ދެވަނަ ބުރުން ސިނާ ޖާގަ ހޯދީ ފުރަތަމަ ބުރުގައި އަމިއްލަ ޤައުމަށް ނިސްބަތްވާ ލޫކާ ނާޑީއާ ބައްދަލުކުރި މެޗު ސިދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ތިން ސެޓު ސިނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް، ހައެއް ތިނެއް އަދި ހައެއް ސުމަކުންނެވެ. މި ކާމިޔަބީއާއެކު މި މުބާރާތުގެ ދެވަނަ ބުރުގައި ސިނާ ބައްދަލުކުރާނީ އޮސްޓްރޭލިއާގެ އެލެކްސެންޑާ ވުކިޗް އާއެވެ. މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ތިންވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވާރޭވް އާއި ފަރަންސޭސިވިލާތުގެ އާތާ ރިންޑާނެޗް ބައްދަލުކުރި މެޗު ތިން ސެޓް ދެ ސެޓުން ކާމިޔާބު ކޮށްފައިވަނީ ޒުވަރޭވްއެވެ. މި މެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ތިނެއް ހަތަކުން އާތާ ކާމިޔާބު ކުރިއިރު ޖެހިގެން އައި ސެޓު އަނެއްކާވެސް ޓައި ބްރޭކަކަށް ގޮސް ދިހައެއް އަށަކުން ކާމިޔާބު ކުރީ ޒުވަރޭވްއެވެ. ތިންވަނަ ސެޓު ތިނެއް ހަޔަކުން އާތާ ކާމިޔާބު ކުރި ނަމަވެސް ހަތަރު ވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ފަހަކުން ކާމިޔާބު ކޮށްފައިވަނީ ޒުވަރޭވްއެވެ. އަދި ފަހު ސެޓު ޒުވަރޭވް ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ