ޒުވާނުންނަށް ވަޒީފާގެ ބާޒާރަށް ތައްޔާރުވުމަށްޓަކައި ތަފާތު ދާއިރާތަކުން ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް، މާލެ ހިމެނޭހެން ރާއްޖޭގެ 16 ރަށެއްގައި ހިންގުމަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ކޯސްތަކަކީ "މީރީ" ޕްރޮޖެކްޓްގެ ފަރާތުން ވޯލްޑް ބޭންކްގެ އެހީގައި ހިންގާ، މުޅިން ހިލޭ ބައިވެރިވެވޭ ކޯސްތަކެކެވެ.
މި ކޯސްތައް ކުރިއަށްގެންދަނީ ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެންއެސްޑީއޭ)ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިއަރީ ހިމެނޭ ގޮތަށެވެ. މިއީ މުޅިންވެސް ނެޝަނަލް ސެޓްފިކެޓް ލެވެލް 3ގެ ކޯސްތަކެކެވެ. މި ކޯސްތައް ފުރިހަމަ ކުރުމުން ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި ވާދަކުރުމަށް ބޭނުންވާ ހުނަރުތައް ލިބިގެންދާނެއެވެ.
"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ ނަމުގައި މި ޕްރޮގްރާމް ހިންގަނީ "މީރީ" ޕްރޮޖެކްޓްގެ ދަށުންނެވެ. މި ޕްރޮގްރާމަކީ ވޯލްޑް ބޭންކްގެ އެހީގައި ހިންގާ ޕްރޮގްރާމެކެވެ. ޚާއްސަކޮށް 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި ކޯސްތަކުގައި ބައިވެރިވުމަށް ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމެއް ނުވަތަ މާލީ ހަރަދެއް ކުރަން ނުޖެހޭނެއެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދާ 16 ރަށުގެ ތެރޭގައި ހިމެނެނީ:
* ނެޝަނަލް ސެޓްފިކެޓް 3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނިފެކްޗަރިންގ - ދ.ރިނބިދޫ ، ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން ގާޑެނިންގ - ދ.ކުޑަހުވަދޫ* ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސް ކީޕިންގ - ބ.ފުޅަދޫ، ވ.ކެޔޮދޫ* ނެޝަނަލް ސެޓްފިކެޓް 3 އިން އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސަސް - ސ.ހިތަދޫ، ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފިސް ސަރވިސަސް - ކ.ދިއްފުށި، ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ - ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން ވޭސްޓް-ޓު-ވެލްތު - ނ.ޅޮހި، ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް - ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން ޓުއަރ ގައިޑިންގ - ކ.ހިންމަފުށި، ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަރިންގ - ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕެނީ އެޑްމިނިސްޓްރޭޝަން - ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިވެންޓް މެނޭޖްމަންޓް - ހދ.ކުޅުދުއްފުށި، ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން އާޓް ސްކިލްސް - ހއ.ހޯރަފުށި، ށ.މިލަންދޫ* ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ - ރ.ދުވާފަރު، ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިންގ ގދ.ތިނަދޫ، - ޏ.ފުވައްމުލައް* ނެޝަނަލް ސެޓްފިކެޓް 3 އިން ސްކޫލް ލެބޯރެޓަރީ ޓެކްނީކްސް - ކ.މާލެ* ނެޝަނަލް ސެޓްފިކެޓް 3 އިން ގެސްޓް ހައުސް އޮޕަރޭޝަންސް - ބ.ކިހާދޫ، ހ.ކެލާ
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކޮށް، ޒުވާނުންނަށް ރަނގަޅު ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމެވެ.
ޒުވާނުންގެ ހުނަރު އިތުރުކުރުމަށް 16 ރަށެއްގައި ހިލޭ ކޯސްތަކެއް ހިންގަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ