ލުކާކޫ، ޔުނައިޓެޑަށް ދާން ޖެހުނީ ހިތާ ދެކޮޅަށް ލުކާކޫ، ޔުނައިޓެޑަށް ދާން ޖެހުނީ ހިތާ ދެކޮޅަށް

ބްރުސެލްސް، ބެލްޖިއަމް (ޖުލައި 3) - މީގެ އަށް އަހަރު ކުރިން، 2017 ވަަނަ އަހަރު، އެވަޓަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޓްރާންސްފާ އަކީ ހިތާ ދެކޮޅަށް ހިނގި ކަމެއް ކަަމަށް ބެލްޖިއަމްގެ ފޯވާޑް، ރޮމެލޫ ލުކާކޫ ބުނެފި އެވެ.
ނަޕޯލީއާ އެކު، މި ނިމުނު ސީޒަނުގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި ލުކާކޫ، 32، ބުނީ، 2017 ވަނަ އަހަރު އެވަޓަންގައި ހުރެފައި އޭނާގެ ވިސްނުން ހުރީ ބަދަލުވާނީ ޗެލްސީ އަށް ކަމަށެވެ.
"އަހަރެން ދިޔައީ އެންމެން ކައިރީގައި ބުނަމުން، އަހަރެން ދާނީ ޗެލްސީ އަށޭ. އެކަމަކު، ކުއްލިއަކަށް މޮރީނިއޯގެ ފޯނު ކޯލެއް އައީ، ޔުނައިޓެޑުން އަހަންނަށް އޮފާއެއް އެބައޮތޭ ކިޔާފައި. ދެން، އަހަރެން ޗުއްޓީ ނިންމާފައި އައިއިރު، އެވަޓަން އިން ބުނެފި، ޔުނައިޓެޑާ އެކު އެއްބަސްވުމެއް ހެދިފައޭ އޮތީ. އަހަރެން އެ ފަހަރު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު، އޭޖެންޓް (މިނޯ ރައިއޯލާ) ކައިރީގައި ބުނިން، މިއީ އަހަރެން ބޭނުން ކަމެއް ނޫނޭ،" އެ ފަހަރު، 94 މިލިއަން ޑޮލަރަށް ޔުނައިޓެޑަށް ބަދަލުވި ލުކާކޫ ބުންޏެވެ.
ޔުނައިޓެޑަށް ލުކާކޫ ވަނީ 96 މެޗުން 42 ގޯލު ޖަހައިފަ އެވެ. ދެ އަހަރު އެ ޓީމުގައި ހޭދަކުރުމަށް ފަހު، ލުކާކޫ ވަނީ 2019 ވަނަ އަހަރު އިންޓަ މިލާނަށް ބަދަލުވެފަ އެވެ. އޭގެ ދެ އަހަރު ފަހުން، ޗެލްސީ އަށް އަލުން ބަދަލުވި ލުކާކޫ އަށް އެ ޓީމުގައި އެކަށޭނެ ކުޅުމެއް ނުދެއްކި ލޯން އެއްބަސްވުމެއްގެ ދަށުން އަލުން އިންޓަ އާއި ރޯމާ އަށް ކުޅުމަށް ފަހު، ނަޕޯލީއާ ގުޅުނީ މިދިޔަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ