މޮނާކޯ (ޖުލައި 2) - ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް، އަންސޫ ފާޓީ، ފްރެންޗް ލީގުގެ މޮނާކޯ އަށް ބަދަލުވުމަށް ހުރިހާ ކަމެއް ހަމަޖެހިއްޖެ އެވެ.
ފާޓީ، 22 އަކީ މި ފަހަރުގެ ޓްރާންސްފާގައި މޮނާކޯއާ ގުޅޭ ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، ހިލޭ ޓްރާންސްފާއެއްގައި ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮޮގްބާ އާއި އިނގިރޭސި ޑިފެންޑަރު، އެރިކް ޑަޔާ ވަނީ މޮނާކޯ އަށް ބަދަލުވެއްޖެ އެވެ. މީގެ ތެރެއިން، ޕޮގްބާ މި ގުޅުނީ މަނާބޭހުގެ މައްސަލައެއްގައި 18 މަސް ދުވަހު ކުޅުމާ ދުރުގައި ހުރެފަ އެވެ.
މޮނާކޯ އިން ފާޓީގެ ސޮއި ހޯދީ 12 މިލިއަން ޑޮލަރަށް އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށް، މުސްތަގުބަލުގައި، އޭނާ އެހެން ޓީމަކަށް ވިއްކާނަމަ، ޓްރާންސްފާ ފީގެ ވަކި ޕަސެންޓެއް ބާސެލޯނާ އަށް ލިބޭ ގޮތަށެވެ. ލޯން އެއްބަސްވުމެއްގެ ދަށުން މޮނާކޯ އަށް ފާޓީ ކުޅުނު ނަމަވެސް، މުސާރައިގެ ވަކި އިންސައްތައެއް ހަމަޖައްސަނީ ބާސެލޯނާ އިންނެވެ.
ގިނީ ބިސާއު އަށް އުފަން، ފާޓީ، ބާސެލޯނާ އަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިންއިރު، އުމުރަކީ 16 އަހަރެވެ. އޭނާ ވަނީ ބާސެލޯނާއާ އެކު، 2023 އާއި 2025 ވަަނަ އަހަރު ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ބާސެލޯނާ އަށް ކުޅެދިން 123 މެޗުން 29 ގޯލު ޖެހި ފާޓީ ވަނީ ލޯން ޑީލެއްގައި، އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންގައި ސީޒަނެއް ހޭދަކޮށްފަ އެވެ. އެ ފަހަރު، 27 މެޗުން ހަތަރު ގޯލު ޖެހި އެވެ.
މިދިޔަ ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ފާޓީ އަށް ކުޅެވުނީ އެންމެ 11 މެޗުގަ އެވެ.
އަންސޫ ފާޓީ ލޯން ޑީލެއްގައި މޮނާކޯ އަށް އަންސޫ ފާޓީ ލޯން ޑީލެއްގައި މޮނާކޯ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ