މެސީ ކޮންޓްރެކްޓް އާ ކުރާނެ ކަމުގެ ޔަގީންކަން މިއާމީ އަށް އެބައޮތް މެސީ ކޮންޓްރެކްޓް އާ ކުރާނެ ކަމުގެ ޔަގީންކަން މިއާމީ އަށް އެބައޮތް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 2) - އެމެރިކާގެ ފުޓްބޯޅަ ލީގު، (މޭޖަ ލީގު ސޮކާ)ގެ އިންޓަ މިއާމީގެ ކެޕްޓަންކަން ކުރަމުން އަންނަ އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ، އެ ކްލަބާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އާ ކުރާނެ ކަމުގެ ޔަގީންކަން އެ ޓީމަށް އެބައޮތް ކަމަށް ބުނެފި އެވެ.
މެސީ، 38، މިއާމީއާ އެކު، ހަދާފައި އޮތް ކޮންޓްރެކްޓް ޑިސެމްބަރުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު، މިހާރު ވެސް މިއާމީން އަންނަނީ މެސީގެ ކޮންޓްރެކްޓްގެ މަޝްވަރާތައް ކުރިއަށްގެންދަމުންނެވެ. ރިިޕޯޓްތައް ބުނާގޮތުން، މެސީގެ ވިސްނުން ހުރީ ވެސް އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް އެމެރިކާގައި ކުޅޭތީއާ އެކު، އެ ގައުމުގައި ކުޅެން މަޑުކުރުމަށެވެ.
ބާސެލޯނާގައި ކެރިއަރުގެ ބޮޑުބައި ހޭދަކުރި މެސީ، އިންޓަ މިއާމީ އަށް ބަދަލުވީ، 2023 ވަނަ އަހަރު އެވެ. އެއީ، ފްރާންސްގެ ޕީއެސްޖީ އަށް ދެ އަހަރު ކުޅެ، އެ ކްލަބްގެ ކޮންޓްރެކްޓް ހަމަކުރުމަށް ފަހު، ހިލޭ ޓްރާންސްފާއެއްގަ އެވެ.
މޭޖަ ލީގު ސޮކާގެ 21 ޓީމެއްގެ މުސާރަ އަށް ވުރެ، އިންޓަ މިއާމީގެ ކެޕްޓަން، މެސީ އަށް މިދިޔަ ސީޒަނުގައި ލިބުނު އާމްދަނީ އިތުރެވެ. ޖެހިޖެހިގެން ތިން ވަނަ ސީޒަނުގައި، އެމްއެލްއެސް އިން އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ މެސީ އަށް ވަނީ މިދިޔަ ސީޒަނުގައި، 20.4 މިލިއަން ޑޮލަރު ލިބިފަ އެވެ. މެސީގެ މުސާރައިގެ ގޮތުގައި ހިމެނެނީ، 12 މިލިއަން ޑޮލަރެވެ. ދެން، އިތުރުވަނީ، ސްޕޮންސަޝިޕް ޑީލްތަކުންނާއި މާކެޓިން ބޯނަސް އަދި އެޖެންޓް ފީސްއާ ހުރިހާ ބައެކެވެ. މެސީ އަށް ޖުމްލަ މުސާރައިގެ ގޮތުގައި ލިބުނު އަދަދަށް ވުރެން 21 ޓީމުގެ ޕޭރޯލް އުޅެނީ ދަށްކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ