ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުން ވަރަށް ގާތް ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި ވަރަށް ބަސް މަދު މެންބަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ ހައިތަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ
މިއަދު ކުރެއްވި ޓުވީޓެއްގައި ހައިތަމް ވިދާޅުވީ، މޯލްޑިވިއަން އާއި ކްރޫޒް ޝިޕްތަކާއި، އަދި އެތައް އެއާލައިންތަކަކުން ޗައިނާ އިން ރާއްޖެއަންނަ އިރު، ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުން ވަރަށް ގާތްކަމަށެވެ. "އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލި މީހުން ކަރަންޓީނު ކޮށްފައި ބައިތިއްބާނެ ތަނެއް، އަދި ހޮސްޕިޓަލުތަކުގައި ވެސް އެކަހެރިކޮށް ބަލިމީހުން ބައިތިއްބާނެ ގޮތެއް ނެތުން. އަޅުގަނޑު ގޮވާލަން ހެލްތު މިނިސްޓްރީން އެފަދަ ވަސީލަތްތައް ޤާއިމް ކުރުމަށް" ހައިތަމް ވިދާޅުވިއެވެ.
ޗައިނާ އިން ފެނުނު ކޮރޯނޯވައިރަސް އެކި ގައުމުތަކުން ފެނި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން، އެ ބަލި އަތުވެދާނެތީ ރާއްޖެ އިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރީން މިއަދު ވަނީ ވިދާޅުވެފައެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެއްޖެ ނަމަ ދެން ކަންތައްތައް ކުރަންވާނެ ގޮތް ވެސް ވިސްނާ ތައްޔާރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސްގެ މައްސަލަ އަށް ސަމާލުކަންދީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށެވެ.
"ސަރުކާރުން ވަރަށް އަވަހަށް މިކަމަށް އިސް ނަންގަވައި މިއަދާ ހިސާބަށް އައި އިރު ވެސް އަޅުގަނޑުމެން މިތިބީ މި ކަންތައްތައް އިންތިޒާމްކުރުމުގެ މަސައްކަތްތަކެއް ކުރެވިފައި. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން ވަރަށް ފުރިހަމައަށް ކުރުމަަށް ތައްޔާރުވެގެން މިތިބީ،" މިނިސްޓަރ އަމީން ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުން ވަރަށް ގާތް - މެމްބަރު ހައިތަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ