ކާބޯތަކެއްޗާ ބެހޭ އިންސްޕެކްޓަރުން ސުލޫކާ ޚިލާފުވެއްޖެ ނަމަ ދެން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރާނެ
ކާބޯތަކެތި އިންސްޕެކްޓުކުރާ ފަރާތްތަކުގެ ތެރެއިން ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ އިންސްޕެކްޓަރުން އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދެއް އެކުލަވައިލައި އަމަލުކުރަން ފަށައިފިއެވެ. ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ)އިން އާންމު ކުރި ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވައިދުގައި ވަނީ އިންސްޕެކްޓަރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކުގެ ތަފުސީލު ހިމަނައިފައެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ރާއްޖޭން ބޭރުކުރާ ކާބޯތަކެއްޗާއި ރާއްޖޭގައި ކާބޯތަކެތި އުފައްދައި ވިއްކާ ތަންތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދާ މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރުކުރުމަކީ އިންސްޕެކްޓަރުންގެ ޒިންމާއެކެވެ. ގަވައިދުގައިވާ ގޮތުން، އިންސްޕެކްޓަރުން ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އާންމުންގެ ފަރާތުން އަންނަ ޝަކުވާތައް ބަލައި ގަވައިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ. ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަކީ އެތެރެކުރުން މަނާ އެއްޗެއް ކަމަށް އެމްއެފްޑީއޭއަށް ގަބޫލުކުރެވިއްޖެ ނަމަ އެ ތަކެތި ތަހުލީލުކޮށް ނިމެންދެން ހިފެހެއްޓުމުގެ ބާރާއި އެ ތަކެތި ނައްތައިލުމާއި ހާލަތަށް ބަލައި އަނބުރާ ފޮނުވައިލުމުގެ ބާރު އިންސްޕެކްޓަރުންނަށް ގަވައިދުގެ ދަށުން ލިބެއެވެ. ސްކޫލެއްގެ ކެފެޓީރިއާގައި ހުރި ބައެއް ކާތަކެތި --- މި ގަވައިދުގެ ދަށުން އައްޔަންކުރާ އިންސްޕެކްޓަރުންނަށް އެމްއެފްޑީއޭއިން ރަސްމީ ފާހެއް ނުވަތަ ލިއުމެއް ދޫކުރަން ވާނެއެވެ. އިންސްޕެކްޓަރުންގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ ދަށްވެގެން ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުމާއި ބޭސިކް ފުޑް ސޭފްޓީ ތަމްރީނު ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއި ފަރިތަކަމާއެކު ދިވެހިބަހާއި އިނގިރޭސިބަހުން މުއާމަލާތުކުރަން އެނގުމެވެ. ނަމަވެސް މި ގަވައިދަށް އަމަލުކުރަން ފަށާއިރު އެމްއެފްޑީއޭގެ އިންސްޕެކްޓަރެއްގެ ގޮތުގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށްފައިވާ ފަރާތްތައް އެ ޝަރުތުތަކުން އިސްތިސްނާވާނެއެވެ. ގަވައިދުގައި ވަނީ، ކާބޯތަކެތީގެ އިންސްޕެކްޓަރަކު ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރުމާއި އެފަދަ ތަނެއް ހިންގުމާއި އެފަދަ ތަނެއްގެ ހިއްސާދާރަކަށްވުމާއި އާއިލީ ގުޅުމުގެ ސަބަބުން މަސްލަހަތު ފުށޫއަރާ ފަދަ ހާލަތެއްގައި އެކަން އެމްއެފްޑީއޭއަށް ލިއުމުން ވަގުތުން އެންގުމަށްފަހު އެ ތަނެއް އިންސްޕެކްޓްކުރުމުން ތަނާޒުލު ވާން ޖެހޭނެ ކަމަށެވެ. އިންސްޕެކްޓަރުން ދޮގު މައުލޫމާތު އެމްއެފްޑީއޭއަށް ދިނުމާއި މާލީ މަންފާއެއް ހޯދުމާއި އިންސްޕެކްޓުނުކޮށް ގަވައިދަށް ނުފެތޭ ތަންތަނަކަށް ލައިސަންސް ދިނުމާއި އިންސްޕެކްޝަނަށް ނަގައިފައިވާ ހެއްކަކަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރުން މަނާވާނެއެވެ. https://sun.mv/222993 އެފަދަ ކަންކަން ކުރާ ފަރާތްތައް ކުރާ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، 5،000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ގަވައިދުގެ ދަށުން އެމްއެފްޑީއޭއަށް ލިބިދެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގަވައިދުތައް އެކުލަވާލުމާއި ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓާކޮށް، ޓެސްޓުކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ