މިނިވަން ދުވަހާއި ގުޅިގެން ކުރިއަށްގެންދާ "ސައްބީސް ކާނިވަލް"އަށް މިއަދުވެސް ވަނީ އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައެވެ. މިއަދަކީ މި ކާނިވަލް ކުރިއަށްގެންދާ ތިންވަނަ ދުވަހެވެ.
ސައްބީސް ކާނިވަލަކީ މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން އޮފިޝަން އިވެންޓްސްއާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ ކާނިވަލެކެވެ.
މި ކާނިވަލް ފެށީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މިމަހުގެ 31އާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00އިން ރޭގަނޑު 11:00އާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާނިވަލް ކުރިއަށްދާނެއެވެ.
ސައްބީސް ކާނިވަލް އިންތިޒާމްކޮށްފައިވަނީ އެކި ޢުމުރުފުރާގެ މީހުން ޝައުޤުވެރިވާނެ ގިނަ ހަރަކާތްތަކާއެކީގައެވެ. އެގޮތުން، މި ކާނިވަލުގައި، ހޮރޯރ ހައުސް، ކާނިވަލް ގޭމްސް، ޑިޖިޓަލް ގޭމިން އެރީނާ، ކުޑަކުދިންގެ ޚާއްސަ އެރިއާގެ އިތުރުން ލައިވް މިއުޒިކާއި ބޮޑުބެރުގެ ހުށަހެޅުންތައް ކާނިވަލުގެ އެކި ދުވަސްތަކުގައި ކުރިއަށްދާނެއެވެ.
މި ކާނިވަލުގައި ކުޑަކުދިން ޝައުޤުވެރިވާނެ ގިނަ ހަރަކާތްތަކާއި ފުޑް ސްޓޯލްތަކުގެ އިތުރުން ބައެއް ވިޔަފާރިތަކުގެ ސްޓޯލްތައްވެސް މި ކާނިވަލުގައި ބަހައްޓާފައިވެއެވެ.
"ސައްބީސް ކާނިވަލަކީ މިނިވަން ދުވަހާއި ގުޅުވައިގެން، މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުގެ އެއްބައިވަންތަކަން އިތުރުކޮށް، ތަފާތު ހަރަކާތްތަކާއެކީ އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮށްޅެއް ހޭދަކުރެވޭނެ މަގު ފަހިކުރުމަށް ކުރިއަށްގެންދާ ކާނިވަލެކެވެ.
26 ކާނިވަލް: އާއްމުންގެ ބޮޑު ތަރުޙީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ