އިޖްތިމާއީ ރައްކާތެރިކަމާއި، ސިއްހީ ދާއިރާގެ މުހިންމު 05 ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހުކޮށްފި އެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ފޯރުކޮށްދޭ މި ހިދުމަތްތައް އިފްތިތާހުކޮށްފައި ވަނީ އެކަމަށްޓަކައި މިއަދުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްއާއި، ސޯޝަލް މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ.
މިއަދު އިފްތިތާހު ކުރި މި ހިދުމަތްތައް ޖެނުއަރީ 1 އިން ފެށިގެން ތަންފީޒު ކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތެލެސީމިއާއަށް ކުދިންނަށް މަހެއްގެ މައްޗަށް 2000 ރުފިޔާގެ އެލަވެންސްސެއް ދިނުމާއި، ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރެޕީގެ ހިދުމަތްތަކަށް ހިނގާ ހަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައިދިނުމެވެ. އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ ހުރިހާ ހަރަދެއް ވެސް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ލުއިފަސޭހަތައް ހަމަޖެއްސުމަށް ކުރެވޭ މަސައްކަތުގެ ދަށުން ”މެރަނަ“ ސްކީމް މެދުވެރިކޮށް ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި، ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ޕްރޮގްރާމެއް ސަރުކާރުން ވަނީ އިފްތިތާހުކޮށްފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން ބޭސްފަރުވާގެ ހަރަދުގެ 65 އިންސައްތަ ހަމަޖެހިގެންދާނެ އެވެ.
އިޖްތިމާއީ ރައްކާތެރިކަމާއި، ސިއްހީ ދާއިރާގެ މުހިންމު 5 ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ