މުހިންމު މަސައްކަތެއް ކުރިޔަށް ދާތީ، ހިޔާ ޓަވަރުތަކުން މާދަމާ ކަރަންޓު ކެންޑިދާނެ: ސްޓެލްކޯ

މުހިންމު މަސައްކަތެއް ކުރިޔަށް ދާތީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން މާދަމާ ކަރަންޓު ކެންޑިދާނެކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، ކުންފުނިން ކުރަންޖެހޭ މުހިންމު މަސައްކަތެއް ތާވަލު ކުރެވިފައިވާތީ އެކި ދުވަސްތަކަށް ބަހާލައިގެން މަސައްކަތް ކުރިޔަށް ދާނެކަމަށެވެ.
މި މަސައްކަތްތައް ކުރާ ވަގުތު ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިދާނެކަމަށް ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މާދަމާގެ ހެނދުނު 09:00 އިން ފެށިގެން 17:00 އާއި ދެމެދު ޓަވަރު އެކެއްގެ ކޮންމެ އެޕާޓްމަންޓަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ. އެހެން ނަމަވެސް އެންމެ ގިނަ ވެގެން ވެސް ނަގާނީ 30 މިނެޓުކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ