ވަޒީފާއިން ވަކިވެފައިވާ ބިދޭސީއެއްގެ މުސާރަ އޮޅުވާލައިގެން އެހެން މީހެއްގެ ނަންމަތީގައި ނެގި ސްކޫލް މުވައްޒަފުންތަކެއްގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ ސަރަހައްދުގެ ސްކޫލެއްގެ މުވައްޒަފުންތަކެއް ހިމެނޭ މި މައްސަލަ ފެންމަތިވީ، އެޑިއުކޭޝަން މިނިސްޓްރީން ކުރި އޮޑިޓެއްގެ ތެރެއިންނެވެ.
ތަފްސީލް - އޭސީސީން ބުނީ، އެ މައްސަލައިގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ. ތަހުގީގުކުރަމުންދާ މައްސަލައަަކަށްވާތީ އެކަމުގެ ތަފްސީލެއް ނުދެ އެވެ.
އެ ސްކޫލުގައި މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާއިން ވަކިވިފަހުން މުސާރަ ޝީޓަށް އެހެން މީހެއްގެ ނަން އިތުރުކޮށް، 2021 ވަނަ އަހަރުން ފެށިގެން އޭނާގެ މުސާރަ އެ ސްކޫލުގެ އެޑްމިނިސްޓްރޭޝަންގައި މަސައްކަތްކުރާ ތިން މުވައްޒަފަކު ވެގެން ނަގަމުންދިޔަ ކަމަށްވެ އެވެ. މި މައްސަލާގައި އެ ތިން މުވައްޒަފުން މިހާރު ވަނީ ވަޒީފާއިން ވަކޮށްފަ އެވެ.
5 އަަހަރު ވަންދެން މީހެއްގެ މުސާރަ ނެގި ސްކޫލު މުވައްޒަފުންތަކެއްގެ މައްސަލައެއް އޭސީސީން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ