ފޮރިން މިނިސްޓަރު ހަލީލް މަގާމުން ވަކިކޮށްފި
ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް, މަގާމުން ވަކި ކުރައްވައިފިއެވެ. "ސަން" އަށް އެނގިފައިވާގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހަލީލް ވަނީ މަގާމުން ވަކި ކުރައްވައިފައެވެ. އެކަން މިނިސްޓްރީގެ މުވައްޒަފުންނަށް އެންގެވުމަށް ފަހު ހަލީލް ދެންމެ ވަނީ މިނިސްޓްރީން ނުކުމެވަޑައިގެންފައެވެ. ހަލީލް އެންމެ ފުރަތަމަ ހުންނެވީ މި ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވީ, 2024 ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ. މި ސަރުކާރު އައި ފަހުން ރާއްޖޭގެ ހާރިޖީ ދާއިރާއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެ, ބައެއް ގައުމުތަކާ އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ. އަދި ބޭރު ދުނިޔެއިން ރާއްޖެއަށް ޒަމާނުންސުރެ ލިބެމުން އައި ހިލޭ އެހީތައް ވެސް ލިބުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެއާއެކު ހާރިޖީ ދާއިރާ ވަރަށް ބޮޑަށް ފެއިލް ވެފައިވާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ތަފްސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ