މިނިސްޓަރުން އިސްތިއުފާ ދެއްވީ ހެޔޮ ބަދަލުތަކަށް ފުރުސަތު ދޭން: ސަރުކާރު
ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވީ އިސްލާހަށް ފުރުސަތު ދެއްވުމަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ. ކެބިނެޓުގެ 10 ބޭފުޅުންގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ކުރެއްވުމަށް ފަހު، ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ، އެ 10 ބޭފުޅުން މިދިޔަ މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު އެ މަނިކުފާނު ވަޒަންކުރައްވައި ޝުކުރު އަދާކުރައްވާ ކަަމަށެވެ.އިސްތިއުފާ ދެއްވި މިނިސްޓަރުންފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމްލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފްއެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމްހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމްރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ މިނިސްޓަރުން ވެސް އިސްތިއުފާ ދެއްވީ ކަމަށާއި އިސްތިއުފާ ދެއްވީ މުއިއްޒު ގެންނަން ބޭނުންވެވަޑައިގަންނަވާ އިސްލާހުތަކަސް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ. "ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވައިފި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވިއިރު ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން މިދިޔަ ހަފުތާއެއްގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ