އެމްއައިބީގެ ފައިސާ މޮބައިލް އެކްސް އެޕައް ބަދަލުކޮށްގެން މިހާރު ޑިޖިޓަލް ބޭންކިން ތަޖުރިބާ ކޮށްލެވޭނެ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެންމެ ފަހުގެ މޯބައިލް އެޕް، 'ފައިސާ މޮބައިލް އެކްސް'އަށް ބަދަލު ކޮށްލައިގެން ކަސްޓަމަރުންގެ ޑިޖިޓަލް ބޭންކިން ތަޖުރިބާ މިހާރަށްވުރެ ފުރިހަމައަށް ހޯދޭނެ ކަމަށް އެމްއައިބީން ބުނެފިއެވެ. މި އެޕަކީ އެމްއައިބީގެ ކުރީގެ ފައިސާ މޮބައިލް އެޕްގެ އަޕްގްރޭޑަޑް ވާޝަނެކެވެ. އެމްއައިބީން ބުނި ގޮތުގައި މިއީ އެ ބޭންކުގެ އޮންލައިން ބޭންކިން ޚިދުމަތްތައް ދޭ ފައިސާ ނެޓުގެ ހުރިހާ ސިފަތަކެއް ހިމަނައިގެން އުފައްދާފައިވާ ކޮލިޓީ އެޕެކެވެ. މި އެޕް މެދުވެރިކޮށް ކަސްޓަމަރުންގެ ހުރިހާ އެކައުންޓުތަކެއް ފަސޭހަކަމާއެކު އެއް ޕްލެޓްފޯމަކުން މެނޭޖްކޮށްލެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ. ފައިސާ މޯބައިލް އެކްސްގެ އެންމެ މުހިންމު އެއް ސިފައަކީ މަލްޓި ޕްރޮފައިލް އެކްސެސް އިނުން ކަމަށާއި، އެގޮތުން މި އެޕްގެ ތެރެއިން އަމިއްލަ އަދި ބިޒްނަސް އެކައުންޓްތަކުގެ މެދުގައި އެއްވެސް އުނދަގުލެއް ނެތި ޕްރޮފައިލް ބަދަލު ކޮށްލާ ހެދޭނެ ކަމަށް އެމްއައިބީން ބުންޏެވެ. އެމްއައިބީން ބުނީ މިއީ ފަސޭހަކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުގެ ޔަގީންކަން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުހިންމު ފީޗާއެއް ކަމަށެވެ. އަދި ކާޑު މެނޭޖްމަންޓްގެ ޒަމާނީ ފީޗާ ވެސް މި ޕްލެޓްފޯމްގައި ތައާރަފްކޮށްފައިވާއިރު، މި އެޕް މެދުވެރިކޮށް އެމްއައިބީ ކާޑުތަކުގެ ޕިން ވަގުތުން އެކްޓިވޭޓްކޮށް، ބްލޮކްކޮށް ނުވަތަ ބަދަލުކޮށްލާ ހެދޭނެ ކަމަށް ބުންޏެވެ. މީގެ އިތުރުން ވެސް ފައިސާ މޯބައިލް އެކްސް ބޭނުންކުރުމުގައި އޮތެންޓިކޭޓާ އެނޭބަލްކޮށްގެން ރައްކާތެރިކަމުގެ ފަށަލައެއް އިތުރުކުރެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ. ފައިސާ މޮބައިލް އެކްސްއަށް ރަޖިސްޓްރީ ކުރުމަށް ފައިސާނެޓް އައިޑީ ނުވަތަ އީފާސް ވެސް ބޭނުން ކުރެވޭނެއެވެ. އަދި ބަޔޯ މެޓްރިކްސްގެ އެހީގައި ޕާސްވޯޑާ ނުލައި ވެސް ފޭސް ރެކޮގްނިޝަން އަދި އިނގިލީގެ ނިޝާން މެދުވެރިކޮށް އެޕައް ވަދެވޭނެއެވެ. އެމްއައިބީން ބުނި ގޮތުގައި ކުއިކް އެކްޝަން ބަޔަށް އެޑް ކޮއްލައިގެން ކަސްޓަމަރުން ބޭނުންވާ ފީޗާއެއް އެޕްގެ ހޯމް ސްކްރީނުގައި ފެންނަ ގޮތް ހަދާލެވޭނެއެވެ. އަދި، އެޕްގައި ހިމެނޭ "ކުއިކް ޓްރާންސްފާ" ފީޗާގެ އެހީގައި ސޭވް ކޮށްފައި ހުރި ކޮންމެ ބޭންކެއްގެ އެކައުންޓަކަށް ވެސް ވަގުތު ބޭކާރު ނުކޮށް، ފަސޭހަކަމާއެކު ޓްރާންސްފާ ކޮއްލެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ. މީގެ އިތުރުން ވެސް ފައިސާ ނެޓުގައި ހިމެނޭ ހުރިހާ ކޯޕަރޭޓް ފީޗާތަކެއް ވެސް މި އެޕްގައި ވަނީ ހިމަނާފައެވެ. ކުރީގެ އެޕް ފައިސާ މޯބައިލް ބޭނުންކުރާ ފަރާތްތަކަށް ފައިސާ މޮބައިލް އެކްސްއަށް މައިގްރޭޓް ކޮށްލައިގެން ފަސޭހަ، ޒަމާނީ، ރައްކާތެރި، އިތުބާރުހިފޭ، ހަލުވި ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެމްއައިބީން ބުންޏެވެ. "މިއީ އަބަދުވެސް އަޕްޑޭޓުވެ، އިވޯލްވެ، އާ ފީޗާސްތައް އަޕްގްރޭޑުވޭވެ ހުންނާނެ އެޕެއް. އެހެންކަމުން އެމްއައިބީގެ ފައިސާ މޮބައިލް އެކްސް އެޕައް އަޕްގްރޭޑް ކޮއްލައިގެން ޑިޖިޓަލް ބޭންކިން އެކްސްޕީރިއަންސް މެކުހަށް ޖައްސާލެވޭނެ،" އެމްއައިބީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ