އާ 4 ބޭފުޅަކާ އެކު ރައީސް މުއިއްޒުގެ ކެބިނެޓް އަލުން އެކުލަވާލައިފި

އާ 4 ބޭފުޅަކާ އެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.ކެބިނެޓް އަލުން އެކުލަވާލައި ވަޒީރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިހާރު ރައީސް އޮފީހުގައި ވަނީ ފަށައިފަ އެވެ. ކެބިނެޓް އަލުން އެކުލަވާލީ ބައެއް މިނިސްޓްރީތައް އެއްކޮށްލުމަށް ފަހު އެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނަށް އައްޔަން ކުރެއްވި ބޭފުޅުން ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރުހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީއިކޮނޮމިކް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދުއިސްލާމިކް އެފެއާޒަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީންއާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދުއިންފްރާ ސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަބްދުﷲ ޝަރީފްއެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ޑރ. އަބްދުﷲ ޝަފޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއުއިތުރަށް ކިޔާލަން: މިނިސްޓަރުން އިސްތިއުފާ ދެއްވީ ހެޔޮ ބަދަލުތަކަށް ފުރުސަތު ދޭން: ސަރުކާރުރައީސް އޮފީހުން ބުނީ މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން ކަމަށެވެ.އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި އެ ބޭފުޅުންނަށް ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ