12 ކަމެއް އިސްލާހުކުރަން ހުށަހަޅައި، އެމްޑީޕީން ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރަން ނިންމައިފި

މި ސަރުކާރުން 12 ކަމެއް އިސްލާހުކުރަން ގޮވާލައި، ސަރުކާރާ ދެކޮޅަށް އިހުތިޖާޖުތަކެއް ފަށަން އިދިކޮޅު އެމްޑީޕީން މިރޭ ނިންމައިފިއެވެ. އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ކޮމިޓީގެ އިއްތިފާގުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރު ހުށަހެޅުއްވީ ކޮން މެންބަރެއްކަން ސާފެއްނޫނެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް އިއްވެވި ގަރާރުގައި ވަނީ، ނިމިދިޔަ ކައުންސިލު އިންތިޚާބާއި މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ނެތްކަން ހާމަކޮށްފައިވާ ކަމަށެވެ. މި ސަރުކާރަށް އިތުބާރު ނެތް ކަމަށް ރައްޔިތުން ނިންމައިފައި ވަނީ، ދައުލަތުގެ މާލިއްޔާއިން އިސްރާފުކުރާ ކުރުން އިތުރުވެ، ވައްކަމާއި ކޮރަޕްޝަން ފެތުރި، ސަރުކާރުގެ ހިންގުން ދޯދިޔާވެފައިވާތީ ކަމަށް، ގަރާރުގައި ވެއެވެ. އެ ގަރާރުގައި ވަނީ، ޑިމޮކްރަސީގެ އަސާސްތައް ސަރުކާރުން މުގުރާލަމުންދާ ކަމަށާއި، އެހެންކަމުން ރާއްޖެ އިސްލާހީ މަގަށް ރުޖޫއަކުރުމަށް އަވަސް ފިޔަވަޅު އަޅަން ފެންނަ ކަމަށެވެ. ގަރާރުގައި ވަނީ، ސިޔާސީ މަގާމުތަކާއި ޕްރޮމޯޝަންތަކުގެ ތަފުސީލު ހާމަކުރުމާއި ގޮނޑި ގެއްލުވާލާ ބަދަލު ކުރިން އޮތް ގޮތަށް ރުޖޫއަކުރުމަށް ގޮވައިލައި، 12 ކަމެއް ހުށަހަޅައިފައެވެ. ގަރާރުގައި ދެން ހުށަހެޅި ކަންކަމަކީ: މުސްތަގިއްލު މުއައްސަސާތަކުގެ ވެރިން ރައީސަށް އައްޔަންކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އެ މަގާމުތަކަށް އައްޔަންކުރުމުގެ ބާރު މަޖިލީހަށް އަލުން ދިނުން. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދަށް ގެނެސްފައިވާ ބަދަލުތައް މުރާޖައާކޮށް، ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތް އިސްލާހުކޮށް، މަޝްރޫއުތައް ދޫކުރުމަށް އޮތް ނިޒާމު ހަރުދަނާކުރުން. ކައުންސިލުތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު އަނބުރާ ގެނައުން. ބިޑަކާ ނުލައި މަޝްރޫއު ހަވާލުކުރުމާއި އިންތިޚާބާ ދިމާކޮށް މަގާމުތައް ދިނުން ފަދަ، ސަރުކާރާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް އަވަސްކުރުން. ސަރުކާރުގެ ވައުދާ އެއްގޮތަށް، ތެލުގެ އަގު ސަބްސިޑައިޒްކޮށް މަސްވެރިންނަށް ލިބޭނެގޮތް ހެދުން. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ އޮނިގަނޑު އިސްލާހުކުރުން. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސުން ވަކިކޮށް އެ މަގާމުތަކަށް ގާބިލު ފަރާތްތައް އިސްކުރުން. ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އިސްކަންދީ، އިގުތިޞާދީ ހާލަތާ ގުޅޭ ސައްހަ މައުލޫމާތު ހިއްސާކޮށް، ތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުން. ގާނޫނުއަސާސީއަށް ގެންނަ ބަދަލުތައް ކަނޑައެޅުމުގައި ޕާޓީތަކާއި ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ކޮމިޓީއެއް އެކުލަވައިލައި، އެ ކޮމިޓީގެ މަޝްވަރާގެ ދަށުން ނޫނީ ގާނޫނުއަސާސީ ބަދަލުނުކުރެވޭނެ ގޮތް ހެދުން، އަދި އެގޮތަށް ނިޒާމު ތަރުތީބުކުރުން. އީޕީއޭ އަލުން އޮތް ގޮތަށް އިއާދަކޮށްދިނުން، އަދި ތިމާވެށީގެ އީއައިއޭގެ ރިޕޯޓުތަކަށް ނުބަލައި ދޫކުރި މަސްވެރިކަމުގެ ހުއްދަތައް މުރާޖައާކޮށް ތިމާވެއްޓަށް ގެއްލުންވާ މަޝްރޫއުތައް ހުއްޓާލުން. އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައި -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް އެ ކަންކަން އިސްލާހުކުރުމަށް އަވަސް ފިޔަވަޅު އަޅަން ގޮވާލައި، އެމްޑީޕީން ވަނީ އިހުތިޖާޖުކުރަން ނިންމިކަން ހާމަކޮށްފައެވެ. ނަމަވެސް އިހުތިޖާޖަށް ނިކުންނާނެ ސީދާ ތާރީޚެއް އެ ޕާޓީން އަދި ހާމަނުކުރެއެވެ. މީގެ ކުރިން މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ވެސް އެމްޑީޕީން ވަނީ، ކައުންސިލްތަކުގެ ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު އަނބުރާ ގެނައުން ފަސް ކަމަކަށް ގޮވައިލައި ބޮޑު އެއްވުމެއް ބާއްވައިފައެވެ. ގަރާރު ފާސްކުރިކަން ހާމަކުރައްވައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، މިއަދު ވަކިކުރަންޖެހޭނީ ސަރުކާރުގެ ވަޒީރުން ނޫން ކަމަށެވެ. އޭނާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްތިއުފާދެއްވުމަށް ގޮވާލައްވައިފައެވެ. ފާހަގަކުރެވޭ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރުމަށް 2024ވަނަ އަހަރުގެ ފަހުކޮޅު ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ މިއަދު ނިންމައިލައިފައެވެ. https://sun.mv/220627 މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދުނީ، ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ ގާނޫނުއަސާސީއާ ތައާރުޒުވާ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ. މައްސަލަ ހުށަހެޅުއްވި ތަޖުރިބާކާރު ގާނޫނީ ވަކީލު ޢަލީ ޙުސައިންގެ ފަރާތުން ދެ ވަގުތީ އަމުރަކަށްވެސް އެދިފައިވެއެވެ. އެއީ: މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން އެއްވެސް މެންބަރަކު ވަކިކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ނިންމަންދެން ފަނޑިޔާރެއްގެ އެއްވެސް ސުލޫކީ މައްސަލައެއް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި، ފަނޑިޔާރުން ވަކިކުރުމުގެ އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް އަޑުއެހުން ނިންމަވައިލައްވަމުން އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ވަގުތީ އަމުރާމެދު ނިންމާ ގޮތެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަންގަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ