ކެބިނެޓުގެ އެއްބައި އިސްތިއުފާ ދީފައިވަނިކޮށް ނަޝީދު: މިއީ އިންތިގާލީ ސަރުކާރެއް އެކުލަވަންވީ ވަގުތު

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގެ އެއްބައި އިސްތިއުފާ ދެއްވައިފައިވަނިކޮށް، މިއީ ރާއްޖޭގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ އިންތިގާލީ ސަރުކާރެއް އެކުލަވައިލަންވީ ވަގުތުކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ވިދާޅުވެއްޖެއެވެ. އެކްސްގައި ނަޝީދު ވިދާޅުވީ، ކެބިނެޓުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ބޮޑުކޮށް ކުރަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ހާލަތުން އަރައިގަތުމަށް ޓަކައި، ބޭނުންޖެހިފައިވާ އަސާސީ އަދި އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ރާވައި ހިންގުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ