މި ހިނގާ އޭޕްރިލް މަސް ނިމުމުގެ ކުރިން މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ އަދަދު އިތުރުކުރުމަށްޓަކައި، އިތުރު 10،000 ސިފައިން އެ ސަރަޙައްދަށް ފޮނުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ނިންމައިފިއެވެ.
މި ނިންމުމާއެކު، އެ ސަރަޙައްދުގައި އެމެރިކާއިން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މެދުއިރުމަތީގައި ހަމަނުޖެހުންތައް ފެށުނު ފަހުން، އެމެރިކާގެ 50،000 އެއްހާ ސިފައިން މިހާތަނަށް އެކި އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާ ކަމަށް އެ ޤައުމުން ކުރިން ވަނީ ހާމަކޮށްފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވާ ގޮތުގައި، އީރާނުން ކަނޑުމަގުން ކުރާ ދަތުރުތަކަށް ހުރަސްއެޅުމުގެ މަޤްޞަދު މިހާރު ވަނީ ކާމިޔާބު ކުރެވިފައެވެ.
އެމެރިކާއިން މިހެން ބުނި ނަމަވެސް، ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތައް ޓްރެކްކުރާ ވަސީލަތްތަކުން ދައްކާ ގޮތުގައި އީރާނުގެ ބަނދަރުތަކުން އުޅަނދުފަހަރު ދަތުރުކުރުމާއި، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިވެފައެއް ނުވެއެވެ.
އެމެރިކާގެ އިތުރު 10،000 ސިފައިން މެދުއިރުމައްޗަށް ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ