ކުޑަކުދިންގެ އަދުލުގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރަމުން ނުދާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.
މީގެ ހަތް އަހަރު ކުރިން 2019 ވަނަ އަހަރު ފާސްކުރި އެ ގާނޫނަކީ ކުޑަކުދިން ކުރާ ކުށްތަކަށް ޖަވާބުދާރީކުރުވުމުގައި އެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށް، އިސްލާހުކުރުމަށް ބާރުއަޅާ މުހިންމު ގާނޫނެކެވެ. ކުޑޫ ހުށަހެޅުއްވި މައްސަލާގައި ވަނީ އެ ގާނޫނުގެ ދަށުން ކުރަން ޖެހޭ ބައެއް ކަންކަން ކުރަމުން ނުދާކަން ފާހަގަކޮށްފަ އެވެ.
އޭނާ ވަނީ އެ ގާނޫނުގެ ދަށުން ގާއިމުކުރަން ޖެހޭ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކުރެވޭނެ ތާރީހެއް ހޯދުމަށް އެދިފަ އެވެ. އަދި، ކުށްކުރާ ކުދިން ޝަރީއަތަށް ފޮނުވުމުގެ ބަދަލުގައި މުޖުތަމައުއަށް އަހުލުވެރިކުރުވުމަށް ހިންގަން ޖެހޭ ޑައިވާޝަން ޕްރޮގްރާމްތައް ނުހިންގާ ސަބަބު ހޯދުމަށް ކުޑޫގެ މައްސަލާގައި ވަނީ އެދިފަ އެވެ.
އެ ގާނޫނު ތަންފީޒުކުރުން މަތިކޮށްފައިވާ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް ވިލަރެސްކުރުމުގައި ލަސްތަކެއް ހުރި ކަމަށް ކުޑޫގެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން، ކުޑަކުދިންގެ ނާޖާއިޒު މަންފާ ނަގާ މީހުންނާ ދެކޮޅަށް ރާއްޖޭގައި އަޅާ ފިޔަވަޅުތައް ވަރަށް މަދު ކަމަށާއި އެކަމުގެ ސަބަބުން ކުށްކުރާ ކުޑަކުދިންގެ މައްސަލަ ހައްލުވަމުންނުދާކަން ކުޑޫގެ މައްސަލާގައި ހިމަނާފައިވެ އެވެ.
ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ބެލެނިވެރި އިދާރާއަކީ ހޯމް މިނިސްޓްރީ އެވެ. ނަމަވެސް، އޭ ގާނޫނު ތަންފީޒުކުރުމުގައި ބޮޑު ދައުރެއް ހެލްތު މިނިސްޓްރީން އަދާކުރެ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރަމުން ނުދާތީ ދެ މިނިސްޓްރީއެއްގެ މައްސަލަ މަޖިލީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ