ޓީޓީއެޗް ކްލިނިކްގައި ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރު އާފީ ބައްލަވަން ފައްޓަވައިފި

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ނާރުގެ ހާއްސަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، ޓީ.ޓީ.އެޗް ކްލިނިކްގައި ނިއުރޯސާޖަރީ (ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ) ކޮންސަލްޓޭޝަންގެ ހިދުމަތް ދޭން ފަށައިފި އެވެ.
މި ހިދުމަތުގެ ދަށުން ބަލިމީހުން ބައްލަވާނީ ސިކުނޑި، މައިބަދަ އަދި ނާރުގެ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް ސުޕަ ސްޕެޝަލިސްޓް ނިއުރޯސާޖަން، ޑރ. އަލީ އާފީއެވެ.
އާފީއަކީ ސިކުނޑި އާއި މައިބަދައަށް ދިމާވާ އެކި ބަލިތައް ދެނެގަތުމާއި، އެކަމާ ގުޅޭ ފަރުވާ ދިނުމުގައި ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފުންނާބު އުސް ބޭފުޅެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، އާފީ މާލޭ ކްލިނިކުގައި ބައްލަވަން ފެއްޓެވުމާއެކު، ބަލިމީހުންނަށް ކުރީބައިގައި ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި، ބަލި ދެނެގަތުމަށާއި، އަދި އެކަށީގެންވާ ފަރުވާގެ ޕްލޭނެއް އެކުލަވައިލުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ.
މިއީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް އާމުންނާ ގާތުން ފޯރުކޮށްދިނުމަށާއި، ބަލިމީހުންނަށް އެންމެ އެކަށީގެންވާ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޑޮކްޓަރަށް ދެއްކޭނެ ގަޑިތައް:
ޓީ.ޓީ.އެޗް ކްލިނިކްގައި ޑރ. އާފީ ބައްލަވާނީ ކޮންމެ އާދީއްތަ، ހޯމަ އަދި ބުދަ ދުވަހެއްގެ ހަވީރު 5:00 އިން 6:00 އަށެވެ.
މއ. ޗަމްޕާ ވިލާ (ބުރުޒުމަގު) ގައި ހުންނަ ޓީ.ޓީ.އެޗް ކްލިނިކަކީ، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ހިދުމަތްތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިން ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ކްލިނިކެކެވެ. މި ކްލިނިކުން ދެމުންދާ ހާއްސަ ބަލިތަކުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަކީ ބަލިމީހުންނަށް އިސްކަންދީގެން ދެވޭ ސިއްހީ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
މި ހިދުމަތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި އެޕޮއިންޓްމަންޓް ހެދުމަށް 3351610 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ