މިދިޔަ މަހު ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީއަށް ކުޑަ ކުރިއެރުމެއް
މިދިޔަ މަސް ތެރޭގައި ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެ އިދާރާއަށް 119 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 117 މިލިއަން ޑޮލަރާ އަޅާބަލާއިރު 922,114 ޑޮލަރު އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް މީރާއަށް ޖުމްލަ 868 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 77 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. https://sun.mv/224651 ޖުމްލަ އާމްދަނީއަށް ބަލާއިރު، މިދިޔަ މަހު ދައުލަތަށް 2.92 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރިން ލަފާކުރި މިންވަރަށް ވުރެ 14.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިއީ 10.1 އިންސައްތައިގެ ކުރިއެރުމެކެވެ. ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެފައި މިވަނީ ބޭރުގެ ދަރަނި ދައްކަން ޖެހޭ މިންވަރު އިތުރުވުމާއި ޓޫރިޒަމަށް އައި ހީނަރުކަމާ ގުޅިގެން ޑޮލަރުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާގައި ހުރިއިރު، ރުފިޔާގެ އަގު ވެއްޓި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމަކީ އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. https://sun.mv/224645 ޑޮލަރުގެ މައްސަލައަކީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެފައިވާއިރު، މި އަހަރަކީ ރާއްޖޭން 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ އަހަރެކެވެ. ޓޫރިސްޓުން އައުން އާންމު ގޮތެއްގައި މަޑުޖެހޭ ސީޒަނާ މި ދުވަސްވަރު ކުރިމަތިވެފައިވުމާ އެކު، މި މަސް ފެށުނު ފަހުން ޑޮލަރުގެ އަގު ދިޔައީ މަޑުމަޑުން އުފުލެމުންނެވެ. މި ހާލަތާ ގުޅިގެން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ބާރުއަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ