ތިނަދޫ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ އަދަދު 42 މިލިއަނަށް އަަރައިފި، ދަރަނިވެރިންގެ ތެރޭގައި މޯލްޑިވް ގޭސް އަދި ސައުދުﷲ

ގދ. ތިނަދޫ ކައުންސިލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު 42 މިލިއަން ރުފިޔާއަށް އަރައިފި ކަމަށް އެ ކައުންސިލުން ބުނެފި އެވެ. 
ތިނަދޫ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ 46 ބިމަކަށް ފައިސާ ދައްކަމުންނުދާކަން  އެ ކައުންސިލުން މިއަދު ގެޒެޓު ކުރި ލިސްޓުގައި ބުނެފައިވެ އެވެ.
Zetta Enterprises Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރޭގައި ހަތް މިލިއަން ރުފިޔާ ދައްކަންޖެހޭ ކުންފުންޏަކާއި ފަސް މިލިއަން ރުފިޔާ ދައްކަންޖެހޭ ތިން ކުންފުންޏަކާއި ތިން މިލިއަން ރުފިޔާ ދައްކަންޖެހޭ ދެ ކުންފުންޏެއް ހިމެނެ އެވެ. 
ކުއްޔާއި ޖޫރިމަނާ ނުދައްކާ ކުންފުނިތަކުގެ ތެރޭގައި މޯލްޑިވް ގޭސް ވެސް ހިމެނެ އެވެ. އެ ކުންފުނިން ހިންގާ ގޭސް ސްޓޭޝަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 5.7 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. 
ފައިސާ ދައްކަންޖެހޭ ޕާޓީތަކުގެ ތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެއީ ސައުދުﷲގެ ނަމުގައި ނަގާފައިވާ ހަރުގެއަކަށް ދައްކަންޖެހޭ 433،155 ރުފިޔާ އާއި އޭނާގެ ކުންފުނި ސްވިފްޓު އިންޖިނިއަރިންގެ ނަމުގައި ނަގާފައިވާ ބިމަކަށް ދައްކަންޖެހޭ 344،449 ރުފިޔާ އެވެ. 
މިއަދު ގެޒެޓު ކުރި އިއުލާނުގައި ތިނަދޫ ކައުންސިލުން ވަނީ ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ. 
"ބިމު ކުލި ދައްކަމުން ނުދާ ފަރާތްތަކުން ބިންތަކުގެ ކުލި މަހުން މަހަށް ދައްކަމުން ގެންދެވުން އެދެން. އަދި ނުދައްކާހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ފަށާފައިވާ ކަން އިއުލާންކުރަން،" އެ އިއުލާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ