ހަޅުތާލު ކުރުމުގެ ބާރު މަސައްކަތްތެރިންގެ އަތްމައްޗަށް ނެގީމާ ވަޒީފާއިން ކަނޑާކަށް ނުކެރޭނެ: މަޓޭ

ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހަޅުތާލު ކުރުމުގެ ހައްގުގެ ބޭނުންހިފައި، އެ ބާރު މަސައްކަތްތެރިންގެ އަތްމައްޗަށް ނަގަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޓޭ ވިދާޅުވީ މަސައްކަތްތެރިންގެ ހައްގު ކަށަވަރު ކުރުމަށްޓަކައި މި ވަގުތުން ވަގުތަށް ވެސް ކުރަންވީ ކަމަކީ މަސައްކަތްތެރިންގެ ޔޫނިއަންތައް ހެދުން ކަމަށެވެ.
MU STORE
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
"ކުންފުނިތަކުގައި ތިބި މަސައްކަތްތެރިން އެންމެ ފުރަތަމަ ކުރާންވީ ކަމަކީ ޔޫނިއަން ހެދުމޭ، ސަރުކާރުގެ ކުންފުނިތަކުގައި ތިބި މުވައްޒަފުން ނުކުމެ ޔޫނިއަންތައް ހަދާ މަސައްކަތްތެރިން އޯގަނައިޒްވެ، ސަރުކާރަށް އަދި ކުންފުނިތަކުގެ ވެރިންނަށް މަސައްކަތްތެރިންނާ ދޭތެރޭ ފިޔަވަޅު ނޭޅޭ ވަރަށް އޯގަނައިޒް ވާށޭ،" މަޓޭ ވިދާޅުވި އެވެ.
ހުރިހާ މަސައްކަތްތެރިން އެކަތިގަނޑަކަށްވެ، ހަޅުތާލު ކުރުމުގެ ހައްގު މަސައްކަތްތެރިންގެ އަތްމައްޗަށް ނަގަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަޅުތާލު ކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްކަން ފާހަގަކުރައްވައި މަޓޭ ވިދާޅުވީ ކުރިން ހުއްދަ ހޯދުމަކާ ނުލައި މަސައްކަތް ހުއްޓައިލުމާއި އިހުތިޖާޖު ކުރުމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް ކުރެވޭނެ ކަމެއް ކަމަށެވެ.
"ހަޅުތާލު ކުރުމުގެ ހައްގު މަސައްކަތްތެރިންގެ އަތްމައްޗަށް ނެގީމާ ކުންފުނިތައް އަޅުގަނޑުމެންނަށް ހުއްޓައިލެވޭނެ، ފެނަކަ ހުއްޓައިލެވޭނެ، ސްޓެލްކޯ ހުއްޓައިލެވޭނެ، އެމްޕީއެލް ހުއްޓައިލެވޭނެ. އޭރުން އެއްވެސް މަސައްކަތްތެރިއަކު ކަނޑާލަކަށް ނުކެރޭނެ،" މަޓޭ ވިދާޅުވި އެވެ.
ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އެކަން ކުރަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެކަކު އަނެކަކުގެ ހައްގުގައި ނުކުންނަންޖެހޭ ކަމަށް މަޓޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ