މަގާމު އުވާލުމަށް ފަހު އެޗްޑީސީގެ ވަޒީފާއިން އެތައް ބަޔަކު ކަނޑާލަނީ

ހުޅުމާލެ ބަލަހައްޓާ ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން އެތައް ބަޔަކު ކަނޑާލަން ނިންމައި ބައެއް މުވައްޒަފުންނަށް އީމެއިލް ފޮނުވަން ފަށައިފި އެވެ.  
އެޗްޑީސީ އިން ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި 12، ގައި ހުޅުވާލި އެވެ. މިއަދު އެ ކުންފުނިން ނޯޓިސް ފޮނުވަމުންދާ މުވައްޒަފުންނަށް އަންގަމުން ދަނީ  އަދާކުރަމުންދާ މަގާމު އުވާލާފައިވާ ކަމަށެވެ. 
Enterprise Development Industrial Pvt Ltd
MU STORE
Zetta Enterprises Pvt Ltd
Yes Maldives Pvt Ltd
MU STORE
އެޗްޑީސީގައި 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ކުންފުނިން މުވައްޒަފުން މަދު ކުރަނީ އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދު ކުރަން ސަރުކާރުތަކުގެ ބެލެނިވެރި އިދާރާ ޕީސީބީ އިން އެންގުމުންނެވެ. މިގޮތަށް ވަކިކުރަން ހަމަޖެހިފައިވަނީ ކިތައް މުވައްޒަފުން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. 
އެ އެންގުމާ ހަވާލާދީ މަގާމުތައް އުވާލާއިރު ވަކިކުރާ މުވައްޒަފުންނަށް ވަނި ވޮލަންޓަރީ ރިޓަޔަމަންޓަށް ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. ނަމަވެސް ދީފައިވަނީ ވަރަށް ކުޑަ މުއްދަތެކެވެ. ވޮލަންޓަރީ ރިޓަޔަމަންޓަށް އެދުމުގެ ފުރުސަތު އޮތީ މާދަމާ މެންދުރު 12:00 އާ ހަމައަށެވެ. 
އެ ފުރުސަތުގެ ބޭނުންނުހިފާ މުވައްޒަފުން ގާނޫނުތަކާއި އެއްގޮތަކަށް ވަޒީފާއިން ވަކިކުރާނެކަން އީމެއިލްގައި ބަޔާންކޮށްފައިވެ އެވެ. 
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ކަނޑާލާ މީހުންގެ ލިސްޓުގައި ގިނައީ ވެރިކަން ކުރާ ޕާޓީއަށް ތާއިދުނުކުރާ މީހުންނެވެ. 
އެޗްޑީސީން ވަކިވާން އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ ހޯމަ ދުވަހަށް ހަމަވާނެ އެވެ. ވަޒީފާ ދޫކޮށްލާ މުވައްޒަފުން ހުށަހަޅަންޖެހެނީ އޮންލައިން ފޯމެކެވެ.
އެޗްޑީސީގެ އިތުރުން މިފަދަ ޕްރޮގްރާމެއް އިއުލާނު ކުރީ ޔުޓިލިޓީ ކުންފުނި ފެނަކައިންނެވެ. ފެނަކައިން ހުޅުވާލި ފުރުސަތު ވަޒީފާ ދޫކޮށްލަން ހުށަހެޅީ އެންމެ 108 މީހުންނެވެ. އެއީ އެ ކުންފުނީގައި ވަޒީފާ އަދާ ކުރާ 8،000 މީހުންގެ ތެރެއިން 1.3 ޕަސެންޓު މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ