އަލަށް ކައިވެނިކުރާ މީހުންގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ފުރަތަމަ ފަހަރަށް ކައިވެނިކުރާ މީހުންގެ ކައިވެނީގެ ހަފުލާ ބާއްވަން ހިލޭ ޖާގަ ހަމަޖައްސައިދިނުމަކީ މޭޔަރު އާދަމް އާޒިމާއި ބައެއް ކައުންސިލަރުންގެ ކެމްޕެއިން ވައުދެކެވެ.
މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމަށްފަހު ވީހާ ވެސް އަވަހަކަށް އެ އުސޫލު އާންމުކޮށް، އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށެވެ.
އަލަތު ކައިވެނިކުރާ މީހުންނަށް ހިލޭ ޖާގަ ހަމަޖައްސައިދޭން މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވާއިރު، ކައިވެނީގެ ހަފުލާތަކަށް ޖާގަ ކުއްޔަށް ދޫކޮށްގެން އެ ކައުންސިލަށް ބޮޑު އާމްދަނީއެއް މިހާރު ލިބެ އެވެ.
އެގޮތުން މާލޭގައި އެންމެ ގިނަ ކައިވެނީގެ ހަފުލާތައް ބާއްވާ ލޮނުޒިޔާރަތް ޕާކަކީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެކެވެ.
ކޮންމެ މަހަކު ވެސް މާލޭގައި އެތައް ކައިވެނީގެ ހަފުލާއެއް އޮންނައިރު، އެފަދަ ތަންތަން ކުއްޔަށް ހިފަން އާންމުން ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.
އަލަތު ކައިވެނީގެ ހަފުލާއަށް މާލޭން ހިލޭ ޖާގަ ހަމަޖައްސައިދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ