މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު
އެއް ހަރަކާތް ކަމަށްވާ "ފުޑް ކާނިވަލް 2026" ގައި މޯލްޑިވްސް
އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބައިވެރިވުމަށް ތައްޔާރުވެއްޖެ އެވެ.
މި
މަހުގެ 15 އިން 18 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލުގައި އެމްއައިބީގެ
މުވައްޒަފުން ސްޓޯލްގައި ތިބެގެން ބޭންކުގެ ޑިޖިޓަލް ބޭންކިން ސޮލިއުޝަންތަކާއި
އެހެނިހެން ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރަމުންދާނެ އެވެ. އަދި ހާއްސަކޮށް
"ފައިސާވެއާ ރިންގް" ފަދަ ޒަމާނީ ޕޭމަންޓް ހިދުމަތްތަކުގެ
މައުލޫމާތުދިނުން ވެސް ކުރިއަށްގެންދާނެ އެވެ.
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
މި ކާނިވަލުގައި އެމްއައިބީގެ ސްޓޯލް ހުންނާނީ
ސްޓްރީޓް އޭ، ޓެންޓް ބީ (ޓެންޓް ބީ ގެ ވަންނަ ދޮރުމަތީގައި) އެވެ. ކާނިވަލް
ހުޅުވިފައި ހުންނަ ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:45 އަށް
އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކޮށް، ބޭންކުގެ އެކި ހިދުމަތްތަކާ ބެހޭ މައުލޫމާތު
ހޯދުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ އެވެ.
އެމްއައިބީން ބުނިގޮތުގައޮ ފުޑް ކާނިވަލަށް
ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް އެ ބޭންކުގެ ސްޓޯލަށް ޒިޔާރަތްކޮށް، ސްޓޯލުން ކުރިޔަށްގެންދާ
ހަރަކާތްތަކުގައި ބައިވެރިވެގެން ޒަމާނީ ބޭންކިންގެ
ފަސޭހަތަކާއެކު އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ
އެމްއައިބީއަކީ
ފުޑްކާނިވަލްގެ ޕްރިމިއަމް ޕާޓްނަރު ވެސް މެއެވެ.
އަގުހުރި އިނާމުތަކާއެކު އެމްއައިބީން ފުޑް ކާނިވަލަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ