ދިރާގު ސައިބަ ޕްރޮޓެކްޓް: އީސެޓްގެ ޓެކްނޮލޮޖީއާ އެކު 'މެނޭޖްޑް އެންޑް ޕޮއިންޓް' ސެކިއުރިޓީގެ ހިދުމަތް

ދިރާގާއި
'އީސެޓް' ގުޅިގެން ސައިބަ ޕްރޮޓެކްޓްގެ ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށްފި އެވެ.
މި
ހިދުމަތަކީ، ރާއްޖޭގެ ކުންފުނިތަކާއި އިދާރާތަކުގެ ސައިބަ ސެކިއުރިޓީ ވަރުގަދަ
ކުރުމަށްޓަކައި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ސައިބަ ތްރެޓްތަކުން ރައްކާތެރިކަން
ފޯރުކޮށްދޭ އެންޓަޕްރައިޒް-ގްރޭޑް އެންޑްޕޮއިންޓް ސެކިއުރިޓީ ސޮލިއުޝަނެކެވެ.
ސައިބަ ޕްރޮޓެކްޓްގެ އެހީގައި، ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކުރާ ލެޕްޓޮޕާއި ޑެސްކްޓޮޕް އަދި ސާވާތައް މެލްވެއާ އާއި
ރެންސަމްވެއާ ފަދަ ނުރައްކާތަކުން ރައްކާތެރިކޮށްދިނުމުގެ އިތުރުން، އީމެއިލް
އަދި ކްލައުޑް އެޕްލިކޭޝަންތަކަށް އަމާޒުވާ ފިޝިން ހަމަލާތަކުން ރައްކާތެރިކަން
ކަށަވަރުކޮށްދެ އެވެ.
އީސެޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ދިރާގުގެ ފަންނީ މާހިރުންގެ ތަޖުރިބާގެ
އިތުރުން، ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ ފުރިހަމަ އެހީތެރިކަމާ އެކު ފޯރުކޮށްދޭ
މި ހިދުމަތަކީ ގިނަ ފީޗާތަކެއް އެކުލެވިގެންވާ ހިދުމަތެކެވެ. މީގެ އިތުރުން،
ސައިބަ ނުރައްކާތަކަށް މެދު ނުކެނޑި ފާރަވެރިވެ، ޝައްކުކުރެވޭ ކަންކަން ވަގުތުން
ދެނެގަނެ، ސަލާމަތީ ފިޔަވަޅުތައް އަވަސްކުރުމާ އެކު، ސިއްރު މައުލޫމާތުތަކުގެ
ރައްކާތެރިކަން މި ހިދުމަތުގެ ތެރެއިން ދަމަހައްޓައިދޭނެ އެވެ. އަދި
ކަމާބެހޭ މާހިރުންގެ ބެލުމުގެ ދަށުން 24 ގަޑިއިރު ސިސްޓަމްތައް މޮނިޓާކޮށް،
މެނޭޖްކޮށް، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެ އެވެ.
ދިރާގުން ބުނީ ދުނިޔޭގައި
ސައިބާ  ތްރެޓްގެ ނުރައްކާތައް
އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސައިބަ ޕްރޮޓެކްޓް މެދުވެރިކޮށް ކުރިޔާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް
އެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މީގެ ސަބަބުން ކުންފުނިތަކުގެ
މަސައްކަތްތަކަށް ހުރަސްއެޅޭ މިންވަރު ކުޑަވެ، މައުލޫމާތުތަކުގެ ރައްކާތެރިކަން
ކަށަވަރުވާނެ ކަމަށް ވެސް ބުންޏެވެ. 
ކޮންމެ ވިޔަފާރިއަކަށް ވެސް
ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ހިދުމަތަކީ ސަބްސްކްރިޕްޝަން އުސޫލުން
ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތް ބަހާލެވިފައިވަނީ ހަތަރު ޕެކޭޖަކަށެވެ. އެއީ
ކޮންމެ ކުންފުންޏެއްގެ ވެސް މަސައްކަތުގެ ބާވަތަށާއި ބޭނުންވާ ރައްކާތެރިކަމުގެ
މިންވަރަށް ބަލައި، އެންމެ އެކަށޭނަ ޕެކޭޖެއް އިހްތިޔާރު ކުރުމުގެ ފުރުސަތު
ދިނުމުގެ ގޮތުން ކަމަށް ދިރާގުން ބުންޏެވެ. މީގެ ސަބަބުން، ތަފާތު ސެކިއުރިޓީ ސޮލިއުޝަންތައް ވަކިވަކިން ބެލެހެއްޓުމުގެ
ތަކުލީފާއި ހަރަދު ކުޑަވެ، ފަސޭހަކަމާ އެކު އިތުބާރު ހިފޭ، ރަނގަޅު ފެންވަރުގެ
ރައްކާތެރިކަން ހޯދޭނެ ކަމަށް އެކުންފުނިން ބުންޏެވެ. 
ދިރާގުން ބުނީ މި ހިދުމަތުން ރާއްޖޭގެ ވިޔަފާރިތަކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ހާމަވާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ މި ޒަމާނުގައި، 'ސައިބާ ޕްރޮޓެކްޓް' އަކީ ކުންފުނިތަކަށް އިތުބާރާއެކު ކުރިއަށް ދިއުމަށް ލިބިގެންދާ
ވަރުގަދަ ބިންގަލެއްގެ ގޮތުގައި އެ ކުންފުނިން ބުންޏެވެ. 
މި ހިދުމަތާއި ގުޅޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ